Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޑެހޭއާގެ މޮޅު ކުޅުމާއެކު ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

3 ޑިސެމްބަރު 2017 | އާދީއްތަ 03:20

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޑިސެމްބަރު 2017 | އާދީއްތަ 03:20
އާސެނަލްގެ ލަކަޒެޓް ފޮނުވާލާ ހަމާލާއެއް ޑެހޭއާ މަތަކުރަނީ - މި މެޗުގައި ޑެހޭއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

އާސެނަލްގެ ލަކަޒެޓް ފޮނުވާލާ ހަމާލާއެއް ޑެހޭއާ މަތަކުރަނީ - މި މެޗުގައި ޑެހޭއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

ސްޕެއިންގެ ހުނަރުވެރި ކީޕަރު ޑޭވިޑް ޑެހޭއާގެ މޮޅު ކުޅުމާއިއެކު މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުނައިޓެޑުގެ ކީޕަރު ޑެހޭއާ ވަނީ އާސެނަލްގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. އެގޮތުން މި މެޗުގައި އޭނާވަނީ 14 ސޭވްއެއް ކޮށްފައެވެ.

ޔުނައިޓެޑުގެ ފަރާތުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މި ހާފުގައި ދެ ލަނޑު ޖަހާފައެވެ. ޔުނައިޓެޑުން ވަނީ މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި އާސެނަލް ސިއްސުވާލުމަށްފަހު ލީޑު ނަގާފައެވެ. ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެންޓޯނިއޯ ވެލެންސިއާއެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އެންތަނީ މާޝިއާލްގެ އެހީތެރިކަމާއެކު ޖަހައިދިނީ ޖެސޭ ލިންގާޑްއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލިއިރު އާސެނަލްއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް އާރޮން ރެމްސީ ތަނަވަސް ކޮށްދިން ފުރުސަތަކުން އެލެކްޒެންޑާ ލަކަޒެޓް ވަނީ ލަނޑެއް ޖަހައިދީ އާސެނަލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އެހެން ނަމަވެސް ޔުނައިޓެޑުން ވަނީ 63 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާ މެޗުގެ އިތުރު ފުޅާކޮށްފައެވެ. ޕޮގްބާގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ޖަހައިދިނީވެސް ލިންގާޑްއެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޮގްބާއަށް ވަނީ 74 ވަނަ މިނެޓުގައި ކުރި ނުރައްކާތެރި ފައުލްއަކާއި ގުޅިގެން ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި މެޗުން ބަލިވުމާއެކު އާސެނަލްވަނީ ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 40ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު ޔުނައިޓެޑްއެވެ. ޗެލްސީއަށް 32 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު ހަތަރު ވަނަ ލިވަޕޫލްއަށް ލިބެނީ 29 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވުމާއެކު އާސެނަލްއަށް ފަސްވަނަ ލިބެނީ 28 ޕޮއިންޓާއެކެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް