ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 13:06
ވިއްސާރައިގައި ރުކެއް ވެއްޓިފައި
ވިއްސާރައިގައި ރުކެއް ވެއްޓިފައި
ފާތިމަތު ޝަނާ މުހައްމަދު
ރާއްޖޭގެ މޫސުން
ޔެލޯ އެލާޓް ކެންސަލްކޮށް ވައިޓް އެލާޓް ނެރެފި
 
ރާއްޖޭގެ މޫސުން އާދިއްތަ ދުވަހުން ފެށިގެން ރަގަޅުވާނެ- މެޓް އޮފީސް
 
މިފާއިތުވެދިޔަ ދެ ދުވަހު ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި
 
ވައިޓް އެލާޓް ނެރެފައިވަނީ ތިން އަތޮޅަކަށް

ރާއްޖޭގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފާއިތުވެދިޔަ ދެ ދުވަހު ނެރުނު ޔެލޯ އެލާޓް ކެންސަލްކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މިއަދު ހާމަކުރިގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު 06:30 ހުން މެންދުރު 12:00 އަށް ނެރެފައިވާ ވައިޓް އެލާޓް ނެރެފައިވަނީ ހއ، ހދ އަދި ށ އަތޮޅަށް ކަމަށެވެ.

 މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ކެންސަލްކޮށްފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގެ އުތުރުން ހއ އިން ފެށިގެން ވ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ވިއްސާރައާއި ގުޅިގެން ހުކުރު ދުވަހު ވަނި ޔެލޯ އެލާޓް ހއ އިން ކ އަތޮޅާއި ހަމައަށް ނެރެފަ އެވެ.

މި ފާއިތުވެދިޔަ ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރި ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގޭގައި ހިފާގެންގުޅޭ ސާމާނަށް ވެސް ވަނީ ގެއްލުންތައް ލިބިފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް