Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ އަގުތައް މައްޗަށް

ރާއްޖެއަށް ޒިޔާރަތް ކުރުންވެސް އަގު ބޮޑު، ރާއްޖެއިން ފުރުން މިހާރު އަދި މާ އަގު ބޮޑު: ރިޕޯޓް

27 ނޮވެމްބަރު 2024 | ބުދަ 16:59

އިކޮނޮމީ ކްލާހުން ނަމަ ކުރިން ނަގަމުން އައި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑު ކޮށްފައިވާ ކަމަށާއި، ބިޒްނަސް ކްލާހުގެ ފަސިންޖަރުންގެ އަތުން ކުރިން ނަގަމުން އައި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށާއި، ފަސްޓް ކްލާހުގެ ފަސިންޖަރުންގެ އަތުން ކުރިން ނަގަމުން އައި 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރަށް ބޮޑު ކޮށްފައިވާ ކަމަށާއި، އަދި އަމިއްލަ ޖެޓުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ކުރިން ނެގި 120 ޑޮލަރު، މީހަކަށް 480 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ސީއެންއެންގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.  

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 27 ނޮވެމްބަރު 2024 | ބުދަ 16:59
ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިން ތަކެއް އެއަރޕޯޓުން ރިސީވް ކުރަނީ

ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިން ތަކެއް އެއަރޕޯޓުން ރިސީވް ކުރަނީ

ފަތުރުވެރިކަމަށް މަޝްހޫރު ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޗުއްޓީ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލް ކަމަށާއި އެކަން އެހެން އޮއްވާ ރާއްޖެއިން ބޭރަށް ފުރުމުގެ އަގު ބޮޑު ތަނުން މައްޗަށް ހިނގައްޖެ ކަމަށް އެމެރިކާގެ މަޝްހޫރު ނިއުސް ޗެނެލް ސީއެންއެން އިން ބުނެފިއެވެ.

ސީއެންއެން ގައި ވާ ރިޕޯޓެއްގައި ބުނެފައިވަނީ، ޑިސެމްބަރު 1 އިން ފެށިގެން، ޤައުމުން ބޭރަށް ވައިގެ މަގުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ހަތަރު ގުނައަށް އިތުރުވާނެ ކަމަށެވެ.

ސަރުކާރުން އިތުރުކުރި ޓެކްސް ތަކަށް އިޝާރާތް ކުރަމުން ސީއެންއެން އިން ބުނީ ޑިޕާޗަރ ޓެކްސް ފަސިންޖަރުންގެ އަތުން ނަގާ ގޮތައް ހަމަ ޖައްސާފައިވަނީ ރާއްޖެއިން ފުރާއިރު އެމީހަކު ދަތުރުކުރާ ކްލާހަށް ބަލައިގެން ކަމަށެވެ.

އިކޮނޮމީ ކްލާހުން ނަމަ ކުރިން ނަގަމުން އައި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑު ކޮށްފައިވާ ކަމަށާއި، ބިޒްނަސް ކްލާހުގެ ފަސިންޖަރުންގެ އަތުން ކުރިން ނަގަމުން އައި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށާއި، ފަސްޓް ކްލާހުގެ ފަސިންޖަރުންގެ އަތުން ކުރިން ނަގަމުން އައި 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރަށް ބޮޑު ކޮށްފައިވާ ކަމަށާއި، އަދި އަމިއްލަ ޖެޓުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ކުރިން ނެގި 120 ޑޮލަރު، މީހަކަށް 480 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.

ޑިޕާޗަރ ޓެކްސް ނަގަނީ ދިވެހިން ފިޔަވައި އެހެން ދަތުރުވެރިންގެ އަތުން ކަމަށާއި، ފީ ނެގުމުގައި އުމުރަކަށް ނުވަތަ ޕާސްޕޯޓަކަށް ބެލުމެއް ނޯންނަ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ދަތުރުގެ ދިގުމިނަށް ނުބަލާ ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެއެވެ.

"އެހެންކަމުން، ދިއްލީއަށް ކުރާ ހަތަރު ގަޑިއިރުގެ ދަތުރަކަށް ވެސް އަދި ލަންޑަނަށް ކުރާ 11 ގަޑިއިރުގެ ދަތުރަކަށްވެސް ދައްކަންޖެހޭނީ އެއް އަދަދެކެވެ."

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މި ޓެކްސް އިތުރުކުރާ ވާހަކަ އިޢުލާނުކުރީ ނޮވެމްބަރު މަހުގައި ކަމަށާއި، މީރާއިން ބުނާ ގޮތުގައި މި ޓެކްސް އިން ލިބޭ އާމްދަނީ ބޭނުން ކުރެވޭނީ ޤައުމުގެ މައި ވައިގެ ބަނދަރު ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކޮށް ބެލެހެއްޓުމަށް ކަމަށްވެސް ރިޕޯޓުގައިވެއެވެ.

މި ފީތައް އާންމު ގޮތެއްގައި އެއަރލައިން ޓިކެޓުގެ އަގުގެ ތެރޭގައި ހިމެނިފައި ހުންނާތީ، ޕާސްޕޯޓު ކޮންޓްރޯލް ހުރަސް ކުރާއިރު ދަތުރުވެރިންނަށް ވަކިން ފައިސާ ދައްކަން ނުޖެހޭތީ، ބައެއް ދަތުރުވެރިންނަށް މި އައު ޗާޖުތައް ފާހަގަވެސް ނުވެ ހިނގައިދާނެ ކަމަށް ސީއެންއެން އިން ބުނެފައިވެއެވެ.

އެހެން ނަމަވެސް ބައެއް އެއަރލައިން ތަކުން ބޮޑު ކުރި ފީ ތަކުގެ ވާހަކަ ދަތުރުވެރިންގެ ސަމާލު ކަމަށް ގެންނަމުންދާ ކަމަށް ސީއެންއެން އިން ބުނެފައިވެއެވެ.

މި ގޮތުން ދިވެހިރާއްޖެއަށް އަލަށް ދަތުރުތައް ފަށާ، ހުރިހާ ގޮނޑިތަކެއްވެސް ބިޒްނަސް ކްލާހުގެ އެއަރލައިނެއް ކަމަށްވާ ބިޔޮންޑް އިން ވަނީ އެއަރލައިންގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ނޯޓެއް ގައި ޑިޕާޗަރ ފީ ދެއްކުމުން ސަލާމަތް ވުމަށްޓަކައި ނޮވެމްބަރު 30 ގެ ކުރިން ޓިކެޓު ގަތުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް