Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެފްއޭ ކަޕް: ކޮންފެރޭ ކޮޅަށް 16 ލަނޑު ޖަހައި ގްރީން ސެމީއަށް

30 ނޮވެމްބަރު 2017 | ބުރާސްފަތި 14:15

ކޮންފެރޭ އަތުން ގްރީން މޮޅުވީ 1-16 ގެ ތަފާތުބޮޑު ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 30 ނޮވެމްބަރު 2017 | ބުރާސްފަތި 14:15
ކޮންފެރޭ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ކޮންފެރޭ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

އެފްއޭ ކަޕްގައި ކޮންފެރޭ ސްޕޯޓްސް ކްލަބް ކޮޅަށް 16 ލަނޑު ޖަހައި ކްލަބް ގްރީން ސްޓްރީޓް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމުބާރާތުގައި ހޮނިހިރު ދުވަހު ހަވީރު، ކޮންފެރޭއާ ވާދަކޮށް ގްރީން އިން މެޗު ކާމިޔާބުކުރީ 1-16 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ގްރީން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް އިޝާމްއެވެ. އޭގެ ތިން މިނެޓު ފަހުން އިޝާމް ވަނީ ގްރީން އަށް ލީޑު ފުޅާކޮށްދީފައެވެ.

ގްރީންގެ ތިންވަނަ ލަނޑު 14 ވަނަ މިނެޓުގައި އަހުމަދު ހަސަން ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑު 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދީ އަހުމަދު ނިޒާމްއެވެ.

އޭގެ ފަހުން ގްރީންގެ މުހުތާރު ނަސީރު (ޓޫކިލޯ) ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ގްރީންގެ ހަތްވަނަ ލަނޑު 40 ވަނަ މިނެޓުގައި ނިޒާމް ކާމިޔާބުކުރިއިރު، އަށްވަނަ ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަހުމަދު ހަސަންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގްރީންގެ ނުވަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނަޒާމްއެވެ.

ފުރަތަމަ ހާފް ނިމުނީ 0-9 ގެ ތަފާތުބޮޑު ނަތީޖާއަކުން ކޮންފެރޭގެ މައްޗަށް ގްރީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ގްރީންއިން ވަނީ ހަތް ލަނޑު ޖަހާފައެވެ. ދެވަނަ ހާފްގައި ގްރީންގެ އަބްދުﷲ ޔާމީން ދެ ލަނޑު ކާމިޔާބުކުރިއިރު، އާދަމް އިޝާން ވަނީ ދެ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފްގައި ގްރީންގެ އަހުމަދު ހަސަން، ޓޫކިލޯ އަދި މުހައްމަދު ޝައްފާޒް ކުރެ ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ކޮންފެރޭގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ނާޖިހް އިބްރާހިމްއެވެ.

މި ނަތީޖާއާއެކު ގްރީން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީގައި ގްރީން ބައްދަލުކުރާނީ ކްލަބް އީގަލްސް ބަލިކޮށް ސެމީއަށް ދަތުރުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްއާއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް