Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަ އުތުރު

މޫސުން ގޯސްވުމުން ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުމުގެ ޖަލްސާ ކެންސަލްކޮށްފި

ޖަލްސާ ބާއްވާނެ ތަރީހެއް ކައުންސިލުން އިއުލާން ކުރާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 12:43
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގެ ނަމުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑް ދިނުމުގެ ހަފްލާ ވިއްސާރުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ކައުންސިލްގެ އިނާމު ދިނުމުގެ ޖަލްސާ ކެންސަލްކުރަން ޖެހުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގެ ސަބަބުން ކަމަށެވެ. މޫސުން ރަނގަޅުވުމުން މި ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

މި ހަފްލާގައި ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ފާހަގަ ކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކަށާއި، ހއ. އަތޮޅުގެ ސުކޫލްތަކުން ފަހުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކަށާ، އެ އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އެ އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަކާއި ކުލަބު ޖަމިޢިއްޔާއެއް ފާހަގަކޮށް، އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހއ. އަތޮޅު ކައުންސިލުން އެވޯޑް ދިނުމަށް ހަފްލާއެއް ބާއްވައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދައިރާތައް

  1. ޝަރަފުވެރިކަމުގެ އިނާމު
  2. މަތީދަރަޖަ ހޯދާ ފަރާތަކަށް ދެވޭ ޚާއްސަ އިނާމު
  3. ހިތްވަރު ދިނުމުގެ އިނާމު
  4. ކައުންސިލުން ދޭ ޚާއްސަ އިނާމު
  5. ހިންގުންތެރިކަމުގެ އިނާމު
  6. ހާއްސަ ޚިދުމަތުގެ އިނާމު

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ މި އެވޯޑް ދިނުމުގެ މަގްސަދަކީ ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގުއާއި، އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޙިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ހދ އަތޮޅުގެ ޝަރަފުވެރިންގެ އަގު ވަޒަން ކުރުން ކަމަށެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
29 މާރިޗު 2017

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017
ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު
15 މާރިޗު 2017

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

15 މާރިޗު 2017
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު