ކ. މާލެ
|
30 ނޮވެންބަރ 2017 | ބުރާސްފަތި 12:35
ލަންކާ ސަރަހައްދުގައި ހެދިފައިވާ ކޮޅި ގަނޑުގެ ސެޓްލައިޓް އިމޭޖް
ލަންކާ ސަރަހައްދުގައި ހެދިފައިވާ ކޮޅި ގަނޑުގެ ސެޓްލައިޓް އިމޭޖް
ހިންދުސްތާނީ ޓައިމްސް
މި ސަރަހައްދުގެ މޫސުން
މަލިކު ހިމެނޭ ސަރަހައްދަށް ސައިކްލޯނެއް އަރަން އުޅޭކަމުގެ އިންޒާރުދީފި!
ލަކްޝަދީޕްގައި 12 އަތޮޅު ހިމެނޭ
މަލިކު ހިމެނެނީ އެ ޖަޒީރާ ރަށްތަކުގެ ތެރޭގައި
މި ސަރަހައްދަކީ އިންޑިޔާގެ ޓެރިޓަރީ ޔޫނިއަންގެ ތެރޭގައި ހިމެނޭ ސަރަހައްދެއް

އިންޑިޔާގެ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ލަކްޝަދީޕް އަށް ސައިކްލޯން އެލާޓް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ނެރެފި އެވެ.

އިންޑިޔާގެ ޔޫނިއަން ޓެރިޓަރީގެ ތެރޭގައި ހިމެނޭ، ލަކްޝަދީޕްގެ ރަށްތަކުގެ ތެރޭގައި މަލިކު ވެސް ހިމެނެ އެވެ.

ދަ ހިންދޫ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި ލަކްޝަދީޕް އަށް ސައިކްލޯން އެލާޓް ނެރުނީ  ބުރާސްފަތި ދުވަހުގެ ފަތިހުގެ 05:30 ހާއިރު ވަރަށް ބާރުގަދަ ކޮޅިގަޑެއް އެ ސަރަހައްދުގެ ކަންޔާކުމާރީއަށް އެރުމާ ގުޅިގެންނެވެ.

ލަކްޝަދީޕް އަކީ 12 އަތޮޅު ހިމެނޭ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެކެވެ. މި ސަރަހައްދު އޮންނަނީ  އިންޑިޔާގެ ސައުތު ވެސްޓް ކޯސްޓާއި 200 އާއި 400 ކިލޯ މީޓަރު  ދުރުގައެވެ.

 މިއީ މިފާއިތުވެދިޔަ އަހަރުތަކުގައި ލަކްޝަދީޕަށް ތޫފާނެއްގެ އެލާޓްގެނައި ފުރަތަމަ ފަހަރު އެވެ. އިންޑިޔާ މެޓް ޑިޕާޓްމެންޓް (އައިއެމްޑީ) އިން ހާމަކޮށްފައިވާ ގޮތުގައި މި ތޫފާނު ހުޅަނގު އުތުރުން އީސްޓް ސެންޓްރަލް އަރަބި ކަނޑާ ދިމާލަށް ދަތުރު ކުރާނެ ކަމަށް ބެލެވެ އެެވެ.

މި ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ސްރީލަންކާގެ ކޮލަންބޯއަށް ވެސް އަންނަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހެމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ގަސްތައް މަގުމައްޗަށް ވެއްޓުމުގެ ސަބަބުން ގިނަ ވެހިކަލްތަކެއް ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގަސްތައް ވެއްޓުމުގެ ސަބަބުން ބޮޑެތި ގިނަ މަގުތަކެއް ބަންދު ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.  މިހާރު ލަންކާއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެގައުމުގެ ސްކޫލުތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ. އަދި ސްކޫލުތަކުގައި ކުރިއަށްދާ ޓާރމު ޓެސްޓްތައް ވެސް ވަނީ ފަަސްކޮށްފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވާ ގޮތުގައި، ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑަކާއި ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި، ކަނޑުގަދަވެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ އިތުރުންވެސް ކަނޑު ދަތުރު ފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް