Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ފަހު ވަގުތު ސްޓާލިން ޖެހި ލަނޑުން ސިޓީ ރެކޯޑު ދަމަހައްޓައިފި

އަމިއްލަ ދަނޑުގައި ސައުތްހެމްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2017 | ބުރާސްފަތި 05:54
ސިޓީ މެޗުން މޮޅުވި ލަނޑު ސްޓާލިން ޖަހަނީ

ސިޓީ މެޗުން މޮޅުވި ލަނޑު ސްޓާލިން ޖަހަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރަހީމް ސްޓާލިން ފަހު ވަގުތު ޖެހި ލަނޑުން ސައުތްހެމްޕްޓަންގެ މައްޗަށް ކުރިހޯދައި މެންޗެސްޓާ ސިޓީއިން އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ސައުތްހެމްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތުމުގެ ކުރިން ލީގުގައި ކުޅުނު އެއްވެސް މެޗަކުން ސިޓީ ބަލިވެފައިނުވާއިރު އެ ޓީމުން ވަނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅެމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ދެ ޓީމުންކުރެ ޓީމަކަށް ހިފިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެ އޮވެގެން ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ސައުތްހެމްޕްޓަންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޑިފެންސިވް ކުޅުމެކެވެ. ދެވަނަ ހާފު ފެށިގެން ސިޓީއިން ލީޑު ނެގިއިރު މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑެބްރައިނާއެވެ.

ސިޓީގެ ލަނޑަށް ސައުތްހެމްޕްޓަންއިން ރައްދު ދިނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. އެގޮތުން އޮރިއޮލް ރޮމޭއު ވަނީ ލަނޑެއް ޖަހައިދީ މި މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދީފައެވެ. މި ލަނޑަށް ފަހު ސައުތްހެމްޕްޓަންއިން ވަގުތު ބޭކާރުކުރަން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ވަނީ ފަސް މިނެޓު ދައްކާފައެވެ. ސިޓީއަށް މި މެޗުން ތިން ޕޮއިންޓް ލިބިގެން ދިޔައީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ރަހީމް ސްޓާލިން ޖަހައިދިން ލަނޑުންނެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލްވަނީ ރަށުން ބޭރުގައި ސްޓޯކް ސިޓީ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ދިޔައިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސަދިއޯ މާނޭގެ އިތުރުން މުހައްމަދު ސަލާހުއެވެ. މި ކުޅުންތެރިންގެ ތެރެއިން ސަލާހު ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި މިވަގުތު އޮތީ ސަލާހުއެވެ.

ހަމައެހެންމެ ވޭން ރޫނީގެ ހެޓްރިކާއެކު އެވަޓަން ވެސް ވަނީ އަމިއްލަ ދަނޑުގައި 4-0ގެ ނަތީޖާއަކުން ވެސްޓް ހަމް ބަލިކޮށް، ރެލިގޭޝަނާއި ފެއަށް ޖެހިލާފައެވެ. މި މެޗުގައި އެވަޓަން ޖެހި ހަތަރު ވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ އޭޝްލީ ވިލިއަމްސްއެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 40 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 32 ޕޮއިންޓާއެކު ޔުނައިޓެޑްއެވެ. ޗެލްސީއަށް 29 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު ހަތަރު ވަނަ އާސެނަލްއަށް ލިބެނީ 28 ޕޮއިންޓާއެކުއެވެ. އަދި ލިވަޕޫލްއަށް ފަސްވަނަ ލިބެނީ 26 ޕޮއިންޓާއެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު