Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނިޓީ ކަޕް 2017

ޔުނިޓީ ކަޕް 2017: ޗެމްޕިއަންކަން މަޑަވެލި ރަޓު ޓީމު ހޯދައިފި

މަޑަވެލި ރަޓު ޓީމުން މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަލިފުށި ފުޓްސަލް ޓީމު ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 03:59
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ރަޓު ޓީމު ޓްރޮފީ އުފުލާލަނީ

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ރަޓު ޓީމު ޓްރޮފީ އުފުލާލަނީ

އަރުތަ ސްޕޯޓްސް ކްލަބްއިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޔުނިޓީ ކަޕްގެ ޗެމްޕިއަންކަން މަޑަވެލި ރަޓު ޓީމުން ހޯދައިފިއެވެ.

މަޑަވެލި ރަޓު ޓީމުން މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަލިފުށި ފުޓްސަލް ޓީމު ބަލިކޮށްގެންނެވެ. މިއަހަރުގެ ފައިނަލުން މަޑަވެލި ރަޓު ޓީމު ޖާގަ ހޯދީ ސެމީގައި ތިނަދޫ ބަލިކޮށްގެންނެވެ. ހަމައެހެންމެ ފައިނަލުގެ ޖާގައެއް އަލިފުށި ފުޓްސަލް ޓީމު ހޯދީ ސެމީގައި ނޮޅިވަރަންފަރު ޔޫތް ޑެވެލޮޕްމެންޓްގެ ޓީމު ބަލި ކޮށްގެންނެވެ.

މަޑަވެލި ރަޓު ޓީމުން ޗެމްޕިއަންކަން ކަށަވަރު ކުރީ ފައިނަލް މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމާއި ވިދިގެން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ފައިނަލްގައި މަޑަވެލި ރަޓު ޓީމުގެ ލަނޑުތައް ޖަހައިދިނީ ނާއިފް ޝަފީގްއާއި އިބްރާހިމް ޝިނާންއެވެ. ހަމައެހެންމެ އަލިފުށި ފުޓްސަލް ޓީމުގެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ އަބްދުލް މުހައިމިންއެވެ.

މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ރ.މާކުރަތުގެ މާކޯ އެފްސީއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ އަލިފުށި ފުޓްސަލް ޓީމުގެ އިބްރާހިމް ފުރްގާންއަށެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަޑަވެލި ރަޓު ޓީމުގެ ނާއިފް ޝަފީގްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ މަޑަވެލި ރަޓު ޓީމުގެ މުހައްމަދު ރަޝީދްއާއި ނާއިފް ޝަފީގްގެ އިތުރުން އަލިފުށި ފުޓްސަލް ޓީމުގެ އަހުމަދު ވިޖްދާންއާއި އިބްރާހިމް ފުރްގާންގެ އިތުރުން ތިނަދޫ ޓީމުގެ އިބްރާހިމް ޝަނޫންއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު