Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

ވޯލްޑް ކަޕުގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި

30 ނޮވެމްބަރު 2017 | ބުރާސްފަތި 03:15

ޕޯސްޓަރު ފަރުމާކުރީ ރަޝިއާގެ މަޝްހޫރު ކުރެހުންތެރިޔާ އިގޯރ ގްރޮވިޗް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 ނޮވެމްބަރު 2017 | ބުރާސްފަތި 03:15
އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ފީފާ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޕޯސްޓަރު

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ފީފާ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޕޯސްޓަރު

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕުގެ ރަސްމީ ޕޯސްޓަރު އާންމުކޮށް ދައްކާލައިފިއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ މެޓްރޯގައި ބޭއްވި ހަފްލާއެއްގައި މި ޕޯސްޓަރު އާންމުކޮށް ދައްކާލީ ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތަމާ ސަމޫރާއެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޕޯސްޓަރު ފަރުމާކުރީ ރަޝިއާގެ މަޝްހޫރު ކުރެހުންތެރިޔާ އިގޯރ ގްރޮވިޗްއެވެ.

ވޯލްޑް ކަޕުގެ ޕޯސްޓަރު ފަރުމާކޮށްފައިވަނީ ރަޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލެވް ޔާޝިންއަށް ބިނާކޮށެވެ. ޔާޝިންއަކީ ތާރީހުގައި ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމައެކަނި ގޯލްކީޕަރެވެ. އޭނާ ވަނީ ހަތަރު ވޯލްޑް ކަޕެއްގައި ރަޝިއާ ތަމްސީލު ކޮށްދީފައެވެ.

މި ޕޯސްޓަރުގައި ޔާޝިންގެ ޖާޒީއެއްގެ ގޮތުގައި ގްރޮވިޗް އިހްތިޔާރު ކޮށްފައިވަނީ ކަޅު ޓީ ޝާޓާއި ކަޅު ސޯޓުބުރިއެކެވެ. މިއީ ގޯލްކީޕަރުންގެ ޖާޒީގެ ގޮތުގައި ފީފާއިން އެންމެ ފުރަތަމަ ބޭނުންކުރި ޖާޒީގެ ގޮތުގައި ތާރީހުން ޖާގަ ހޯދާފައިވާ ޖާޒީއެކެވެ. މި ޕޯސްޓަރުގައި ފެނިގެންދަނީ ޔާޝިންއާއި ދިމާލަށް އަންނަ ބޯޅައެއް އޭނާ ދިފާއުކުރާ މަންޒަރެވެ.

މި ޕޯސްޓަރު ތައާރަފް ކޮށްދެއްވި ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތަމާ ސަމޫރާ ވިދާޅުވީ މި ޕޯސްޓަރުން ރަޝިއާގެ ފަންނުވެރިކަމާއި ފުޓްބޯޅައަށް އެ ގައުމުން ދޭ އަހަންމިއްޔަތު ވަރަށް ބޮޑަށް ފެނިގެންދާ ކަމަށެވެ. އަދި މި ޕޯސްޓަރު ވެގެންދާނީ ތާރީހުން ޖާގަ ހޯދާ ޕޯސްޓަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާގައި ވޯލްޑް ކަޕް ބޭއްވުމަށް އެ ގައުމުގެ ފަރާތުން ކަނޑައަޅާފައިވާ ކޮމިޓީގެ ޗެއާމަން ވިޓާލީ މުޓްކޯ ވިދާޅުވީ މި ޕޯސްޓަރު މެދުވެރިކޮށް ރަޝިއާ ޕްރޮމޯޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޔާޝިންއަށް ޕޯސްޓަރު ބިނާކުރީ އޭނާއަކީ ރަޝިއާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ނިޝާނަށް ވާތީ ކަމަށެވެ. އަދި އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނަށާއި މެޗުތައް ބެލުމަށް އަންނަ ސަޕޯޓަރުންނަށް ވެސް މި ޕޯސްޓަރު ކަމުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުނެފައިވެއެވެ.

މި ޕޯސްޓަރު ފަރުމާކުރި ގްރޮވިޗްގެ އެހެނިހެން މަސައްކަތްތަކަށް ބަލާލާއިރު އޭނާ ވަނީ 2002 ވަނަ އަހަރު ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސްގައި ވާދަކުރި ރަޝިއާގެ ކޮންޓިންޖެންޓްގެ ޖާޒީ ފަރުމާކޮށްފައެވެ. ހަމައެހެންމެ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކްރެމްލިން ކަޕް ޓެނިސް މުބާރާތުގެ ބްރޭންޑިން މަސައްކަތުގައި ވެސް ބައިވެރިވެފައެވެ. އަދި އޭނާއަކީ ރަޝިއާގެ ނެޝެނަލް ރިސާޗް ޔުނިވާސިޓީ އޮފް އިކޮނޮމިކްސްގެ މުދައްރިސެކެވެ.

ފީފާ ވޯލްޑް ކަޕަށް ފަރުމާކުރާ ޕޯސްޓަރުތަކަކީ ފުޓްބޯޅައިގެ ދުނިޔެއިން އަބަދުވެސް ބަލައިގަންނަ އެއްޗެކެވެ. ހަމައެހެންމެ ނީލަމުގައި މިފަދަ ޕޯސްޓަރުތައް ވަރަށް އަގު ބޮޑުކޮށް ވިކިފައި އެބަހުއްޓެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް