Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޗައިނާއާއެކު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ދިރާސާކުރަން އެންމެ 10 މިނެޓް، ބައްދަލުވުންވެސް ސިއްރު!

29 ނޮވެމްބަރު 2017 | ބުދަ 17:18

މިނިސްޓަރު ސައީދު އެ އެއްބަސްވުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށްފަހު އެއްބަސްވުން ދިރާސާކޮށް ވެސް ނިމުނީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ނޮވެމްބަރު 2017 | ބުދަ 17:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތެރެއިން

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެންމެ 10 މިނެޓްގެ ތެރޭގައި އެ އެއްބަސްވުން ދިރާސާކޮށް ނިންމާލައިފި އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ސަރުކާރުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވީ ވެސް ބުދަ ދުވަހު 14:30ގައި މަޖިލީހުން އެކަމަށްޓަކައި ބޭއްވި ކުއްލި ޖަލްސާގަ އެވެ.

ކޮމެޓީން އެމައްސަލަ ދިރާސާކޮށް ނިންމާލީ އެންމެ 10 މިނެޓްގެ ތެރޭގައެވެ. އެކޮމެޓީއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަޑައިގެން އެ އެއްބަސްވުމާއިގުޅޭ މައުލޫމާތު ދެއްވި އެވެ. މިނިސްޓަރުގެ މައުލޫމާތުތަކަށްފަހު، 10 މިނެޓްގެ ތެރޭގައި އެ އެއްބަސްވުން ދިރާސާކޮށް ނިމުނު ކަމަށް ކަނޑައަޅައި ކޮމެޓީގެ ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.

އެކޮމެޓީގެ ބައްދަލުވުން އަޑުއެހުމަށް ދިޔަ މީޑިއާތަކަށް އެފުރުސަތު ވެސް ނުދީ، ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ ވާހަކަ އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން ދައްކަވާފައި ވަނީ 2015 ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާހަކަ ދައްކަވަމުންނެެވެ. ނަމަވެސް އޭގެ ކުރިންވެސް ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ވާހަކަތައް ދެކެވިފައިވެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއެއްނެތި ދެގައުމުގެ މެދުގައި މުދާ ބަދަލުކުރުމަކީ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެކަމެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ އަކީ ރައީސް ޔާމީންގެ މިސަރުކާރުން އެންމެ ބޮޑަށް ގުޅުން ބާއްވަމުން އަންނަ ގައުމެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން ދަނީ ވެސް ޗައިނާގެ ކުންފުނިތަކުންނެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރަން ތައްޔާރުވާއިރު، އަދި އެ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ފާސްކުރާއިރު، މަޖިލީހުގެ ހިމެނޭ އިދިކޮޅު މެމްބަރުންނަށް އެ އެއްބަސްވުމުގެ ކޮޕީއެއް ވެސް ނުލިބޭ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ގައުމީ ސަލާމަތުގެ ކޮމެޓީގައި އެ އެއްބަސްވުން ދިރާސާކުރިއިރުވެސް އެ އެއްބަސްވުން އިދިކޮޅު މެމްބަރުންނަށް ލިބިފައި ނުވާކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް