Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންބީއޭ

އެންބީއޭގެ މެޗެއްގައި ފުރަތަމަ ފަހަރަށް ޖޭމްސް ކޯޓުން ފޮނުވާލައިފި

ޖޭމްސް ކޯޓުން ފޮނުވާލީ ރެފްރީއާ ޒުވާބުކުރުމާއި ވިދިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 12:57
ލެބްރޯން ޖޭމްސް: އެންބީއޭގައި ކުޅުނު 1082 މެޗުގެ ތެރެއިން މި މެޗަކީ އޭނާ ކޯޓުން ފޮނުވާލި ފުރަތަމަ ފަހަރު

ލެބްރޯން ޖޭމްސް: އެންބީއޭގައި ކުޅުނު 1082 މެޗުގެ ތެރެއިން މި މެޗަކީ އޭނާ ކޯޓުން ފޮނުވާލި ފުރަތަމަ ފަހަރު

އެމެރިކާގެ ނެޝެނަލް ބާސްކެޓްބޯލް ލީގު (އެންބީއޭ)ގެ މެޗެއްގައި ފުރަތަމަ ފަހަރަށް ލެބްރޯން ޖޭމްސް ކޯޓުން ފޮނުވާލައިފިއެވެ.

ދުނިޔޭގެ ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޖޭމްސް ކޯޓުން ފޮނުވާލީ ރެފްރީއާ ޒުވާބުކުރުމާއި ވިދިގެންނެވެ. އެގޮތުން މިއާމީ ހީޓްއާއި ދެކޮޅަށް ކްލީވްލެންޑް ކެވެލިއާސް ކުޅުނު މެޗުގެ ތިންވަނަ ކުއާޓާއިގައި އޭނާއަށް ފައުލްކުރި ކަމަށްބުނެ ޖޭމްސް ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި ފައުލެއްގެ ގޮތުގައި ރެފްރީ އެކަން ނުބެލުމުން ޖޭމްސް ވަނީ ރެފްރީއާއި ޒުވާބު ކޮށްފައެވެ.

އެންބީއޭގެ ގަވާއިދުގައިވާ ގޮތުން ކުޅުންތެރިޔަކު ކޯޓުން ފޮނުވާލެވޭނީ ދެ ޓެކްނިކަލް ފައުލް އެ ކުޅުންތެރިޔަކާއި ދެކޮޅަށް ދެއްކުމުންނެވެ. ރެފްރީއާ ޒުވާބުކުރުމުގެ ކުރިން ޖޭމްސްއަށް އެއް ޓެކްނިކަން ފައުލް ދައްކާފައިވެއެވެ. އެހެންކަމުން ޒުވާބުކުރުމާއި ވިދިގެން މެޗުގައި ރެފްރީކަން ކުރަމުންދިޔަ ކޭން ފިޓްޒްޖެރަލްޑް ނިންމީ ދެވަނަ ޓެކްނިކަލް ފައުލްއެއް ދައްކާ ޖޭމްސް ކޯޓުން ފޮނުވާލުމަށެވެ.

މެޗު ނިންމާލުމަށްފަހު ވާހަކަ ދައްކަމުން ޖޭމްސް ބުނެފައިވަނީ އޭނާއަށް ކުރި ފައުލް އެއީ ފައުލެއްގެ ގޮތުގައި ރެފްރީ ނުބެލުމުން އެކަމާއި މެދު ނުރުހުން ފާޅުކުރި ކަމަށާއި އަދި ރެފްރީއާ ދިމާލަށް ބުނަން ޖެހުނު ހުރިހާ އެއްޗެއް ބުނެފައިވާނެ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރުމުން ދެވަނަ ޓެކްނިކަލް ފައުލެއް ދައްކާ އޭނާ ކޯޓުން ފޮނުވާލަން ރެފްރީ ނިންމި ކަމަށެވެ.

ޖޭމްސް ކޯޓުން ފޮނުވާލި ނަމަވެސް މި މެޗުން މޮޅުވީ އޭނާގެ ޓީމު ކަމަށްވާ ކްލީވްލެންޑް ކެވެލިއާސްއެވެ. އެގޮތުން ކެވެލިއާސް މި މެޗު ކާމިޔާބުކުރީ 108 ޕޮއިންޓް 97 ޕޮއިންޓުންނެވެ. މެޗަށްފަހު ދިން އިންޓަވިއުގައި ޖޭމްސް ބުނީ އެންމެ މުހިންމު ކަމަކީ ކޯޓުގައި އޭނާ ހުރުން ނޫން ކަމަށާއި އެންމެ މުހިންމު ކަމަކީ ޓީމު މޮޅުވުން ކަމަށެވެ. އަދި އެކަން ހާސިލްވުމުން ވަރަށް އުފާވާ ކަމަށް ޖޭމްސް ބުނެފައިވެއެވެ.

އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަތަރު ފަހަރު ހޯދާފައިވާ ޖޭމްސްވަނީ މި މެޗުގައި އޭނާ ކުޅުނު ބައިގައި ކެވެލިއާސްއަށް 21 ޕޮއިންޓް ހޯދައިދީފައެވެ.

މިއީ އުމުރުން 32 އަހަރުގެ ޖޭމްސްގެ ކެރިއަރުގައި އޭނާ އެންބީއޭގެ މެޗެއްގައި ކޯޓުން ފޮނުވާލި ފުރަތަމަ ފަހަރެވެ. މިހާތަނަށް އޭނާ ވަނީ ޖުމްލަ 1082 އެންބީއޭ މެޗުގައި ކުޅެފައެވެ.

މިދިޔަ ސީޒަނުގެ އެންބީއޭގެ ރަނަރއަޕްގެ ގޮތުގައި މި ސީޒަނާއި ކުރިމަތިލި ކެވެލިއާސްވަނީ މި މެޗުން މޮޅުވުމާއެކު ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެފައެވެ. މި ސީޒަނުގައި އެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން 14 މެޗުން މޮޅުވެފައިވާއިރު ހަތް މެޗުން ވަނީ ބަލިވެފައެވެ. ހަމައެހެންމެ އެ ޓީމު އޮތީ މިވަގުތު އެންބީއޭގެ އީސްޓާން ކޮންފަރެންސްގެ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު