Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިހުރޯޒު މިސްކިތް

ބިހުރޯޒް މިސްކިތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރާއި ފިނޭންސް މިނިސްޓަރު ދައްކަވާ ވާހަކަތައް ދިމަލެއް ނުވި!

28 ނޮވެމްބަރު 2017 | އަންގާރަ 05:58

އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވަނީ ބިހުރޯޒް މިސްކިތުގައި 12 ބުރީގެ އިމާރާތެއް އެޅުމަށް ނިންމާފައި ނުވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ނޮވެމްބަރު 2017 | އަންގާރަ 05:58
އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނިކޮށް، އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލާ 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް ބުނެ ދައްކަނީ ހަގީގަތެއްނެތް ދޮގުވާހަކަ ތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

"ބިހުރޯޒު މިސްކިތުގެ ގޯތި ތެރޭގައި ހިޔާކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. މިއީކީ މިސްކިތް ތަޅާލާ، މިސްކިތް ހުރިތަނުގައި 12 ބުރީގެ އިމާރާތެއް އަޅާ ނުވަތަ ބޮޑު ތަކުރުފާނުގެ ގަބުރު ނަގާ، އެހެންތަނަކަށް ބަދަލުކުރަން ކުރާކަމެއް ނޫން. އެފަދަ ކަމެއްކުރާކަން އެއްވެސް އިރެއްގައި ވާހަކަވެސް ދެކެވުނީކީ ނޫން. އެއްވެސް މީޑިއާއަކަށް މައުމޫލާތެއްވެސް ދިނީކީ ނޫން. މިއީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް ފަތުރާ ވާހަކައެއް،" އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު ވިދާޅުވި އެވެ.

އެވާހަކަ ދައްކާ ފަރާތްތަކުން އެވާހަކަ ދައްކަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާޢި މަގުފުރައްދަން ކަމަށް ޒިޔާދު ވިދާޅުވިއިރު، ބިހުރޯޒު މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅާ ވާހަކަ ދެއްކެވީ ޒިޔާދުވެސް ހިމެނިވަޑައިގަންނަވާ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. މުނައްވަރު އެގޮތަށް ވިދާޅުވީ ވެސް މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުން ނެވެ.

"ބައެއް ބޭފުޅުންނަށް މިސްކިތްތައް އަޅުގަނޑުމެން އިތުރަށް އަޅާތީ ވެސް އެބަ ކަންބޮޑުވޭ. އަޅުގަނޑުމެން މިހާރު މިސްކިތްތައް އަޅަމުންދަނީ ވެސް އާ ކޮންސެޕްޓްތަކަށް. އެހެންސަރުކާރުތަކަށް މިސްކިތްތައް ވެސް އެޅިފަ ނެތީ، އެހެންނޫންތޯ. މިސަރުކާރުން މިހާރު ވެސް އެތައް މިސްކިތްތަކެއް ވަނީ އަޅައިނިންމާފައި. 40 އަށް ވުރެ ވެސް ގިނަ މިސްކިތް މިހާރު ވެސް ވަނީ ނިމިފައި. އަދި އިތުރު މިސްކިތްތަކެއް އަންނަ އަހަރުގެ ތެރޭގައި އާ ކޮންސެޕްޓްތަކަށް އެޅިގެންދާނެ،" ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ބިހުރޯޒު މިސްކިތާއި މަސްޖިދުލް އާދިލްގައި 12 ބުރި މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމާ އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވަނީ ހިމަނާފައި ވެއެވެ.

ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތި ތެރޭގައި މުހައްމަދު ތަކުރުފާނާއި އެތަކުރުފާނުގެ އާއިލާގެ ބައެއް ބޭފުޅުންގެ ގަބުރުތައް ފަސްދާނު ލެވިފައި ވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް