Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: މެޗަކުން ބަލިނުވުމުގެ ރެކޯޑު ސިޓީއިން ދަމަހައްޓައިފި

ހަޑާސްފީލްޑް ޓައުންއާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ނޮވެމްބަރު 2017 | ހޯމަ 13:34
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ - މިއީ ސިޓީ ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވި 12 ވަނަ މެޗު

ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ - މިއީ ސިޓީ ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވި 12 ވަނަ މެޗު

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު މެންޗެސްޓާ ސިޓީއިން ދަމަހައްޓައިފިއެވެ.

މި މެޗާއި ކުރިމަތިލިއިރު ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނެތް ސިޓީއިން ވަނީ ރަށުން ބޭރުގައި ހަޑާސްފީލްޑް ޓައުން ބަލިކޮށް މި ރެކޯޑު ދަމަހައްޓާފައެވެ. ސިޓީއިން މި މެޗު ކާމިޔާބުކޮށްފައި ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެނަސް ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ހަޑާސްފީލްޑްއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ލީޑު ލިބިގެންދިޔައީ ސިޓީގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ހަޑާސްފީލްޑްއިން ފުރަތަމަ ހާފު ނިންމާލިއިރު ސިޓީއިން ދެވަނަ ހާފަށް ނުކުމެފައިވަނީ ނަތީޖާ އަނބުރާލުމުގެ އުއްމީދުގައެވެ. ސިޓީގެ މި އުއްމީދު އައު ވެގެންދިޔައީ ދެވަނަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ރަހީމް ސްޓާލިންއަށް ފައުލް ކުރުމާއި ވިދިގެން ލިބުނު ޕެނަލްޓީއިންނެވެ. ސާޖިއޯ އަގުއޭރޯ މި ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މި ލަނޑަށް ފަހު ސިޓީއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 84 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ލަނޑެއް ޖަހައިދީ އެ ޓީމަށް މެޗުން ތިން ޕޮއިންޓް ހޯދައިދިނުމެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު ސައުތްހެމްޕްޓަން ވަނީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ. ހަމައެހެންމެ އާސެނަލްވަނީ ފަހު ވަގުތު ބާންލީ ކޮޅަށް ލަނޑު ޖަހައި ގަދަ ހަތަރެއްގެ ޖާގައެއް ހޯދާފައެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި ކުޅުނު 13 މެޗުން ލިބުނު 37 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 29 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ތިންވަނަ 26 ޕޮއިންޓާއެކު ޗެލްސީއަށް ލިބޭއިރު 25 ޕޮއިންޓާއެކު އާސެނަލްއަށް ލިބެނީ ހަތަރުވަނައެވެ. ހަމައެހެންމެ 24 ޕޮއިންޓާއެކު ފަސްވަނަ ޓޮޓެންހަމްއަށް ލިބޭއިރު 23 ޕޮއިންޓާއެކު ހަވަނަ ލިބެނީ ލިވަޕޫލްއަށެވެ.

އަންނަ ހަފްތާގައި ކުޅޭ މެޗުތަކަށް ބަލާލާއިރު، ޗެލްސީ ނުކުންނާނީ ސްވަންސީ ސިޓީއާއި ދެކޮޅަށެވެ. ޔުނައިޓެޑްއިން ވޮޓްފޯޑާއި ދެކޮޅަށް ނުކުންނައިރު ސިޓީ ނުކުންނާނީ ސައުތްހެމްޕްޓަންއާއި ދެކޮޅަށެވެ. ހަމައެހެންމެ ޓޮޓެންހަމްއިން ލެސްޓާ ސިޓީއާއި ދެކޮޅަށް ނުކުންނައިރު ލިވަޕޫލް ނުކުންނާނީ ސްޓޯކް ސިޓީއާއި ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު