Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑަށް ހަނި މޮޅެއް، ޓޮޓެންހަމް އެއްވަރުވެއްޖެ

25 ނޮވެމްބަރު 2017 | ހޮނިހިރު 17:21

ބްރައިޓަން އެންޑް ހޯވް އަލްބިއޯންއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 1-0ގެ ހަނި ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ނޮވެމްބަރު 2017 | ހޮނިހިރު 17:21
ޔުނައިޓެޑްގެ ކުޅުންތެރިން ފޮނުވާލި ހަމަލާއެއް ވެސްޓް ބްރޮމްގެ ކީޕަރު ދިފާއުކުރަނީ

ޔުނައިޓެޑްގެ ކުޅުންތެރިން ފޮނުވާލި ހަމަލާއެއް ވެސްޓް ބްރޮމްގެ ކީޕަރު ދިފާއުކުރަނީ

އިނިގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ހަނި މޮޅެއް ހޯދިއިރު ޓޮޓެންހަމް ކުޅުނު މެޗުން އެ ޓީމު އެއްވަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އެންޑް ހޯވް އަލްބިއޯންއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބްރައިޓަންގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ބްރައިޓަންގެ ގޯލު ހުޅުވާލެވިފައި ނުވާއިރު މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ލިބިގެންދިޔައީ ބްރައިޓަންގެ ލުއިސް ޑަންކްގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑަށް ފަހުވެސް ޔުނައިޓެޑުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފިފައެއް ނުވެއެވެ.

މި މެޗުން މޮޅުވުމާއެކު ޔުނައިޓެޑުން ވަނީ އެ ޓީމުގެ ދަނޑުގައި މެޗަކުން ބަލިނުވުމުގެ ރެކޯޑު 39 މެޗަށް އިތުރުކޮށްފައެވެ. އޭގެތެރެއިން 28 މެޗުން އެ ޓީމު މޮޅުވިއިރު ބާކީ 11 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑް އެންމެފަހުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް ވަނީ އަމިއްލަ ދަނޑުގައި 1-1 ގެ ނަތީޖާއަކުން ވެސްޓް ބްރޮމްއާއި އެއްވަރުވެފައެވެ. ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެހެނަސް ވެސްޓް ބްރޮމްއިންނެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ވެމްބްލީ ސްޓޭޑިއަމް އަޑު މަޑުވެގެން ދިޔައީ ހޯސޭ ސޮލޮމޮން ރޮންޑޮން ވެސްޓް ބްރޮމްއަށް ޖަހައިދިން ލަނޑުންނެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ވެސްޓް ބްރޮމްއިން ފުރަތަމަ ހާފު ނިންމާލިއިރު ޓޮޓެންހަމްއިން ވަނީ ދެވަނަ ހާފުގައި މޮޅު އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ. ތަކުރާރުކޮށް އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 74 ވަނަ މިނެޓުގައި ޑެލޭ އަލީގެ އެހީތެރިކަމާއެކު ހެރީ ކޭން ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. މި ލަނޑަށްފަހު ވެސް ޓޮޓެންހަމްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް މެޗުން ތިން ޕޮއިންޓް ހޯދިފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ވެސްޓް ހާމް ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު ސްވަންސީއާއި ބޯންމައުތް ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ކްރިސްޓަލް ޕެލަސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްޓޯކް ސިޓީ ބަލިކޮށްފައެވެ. ހަމައެހެންމެ ވޮޓްފޯޑް ވަނީ 3-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް