Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: މާޅޮސް އާއި ކުޑަހުވަދޫ އެއްވަރުވެއްޖެ

25 ނޮވެމްބަރު 2017 | ހޮނިހިރު 13:34

މި ދެ ޓީމު ކުޅުނު މެޗު އެއްވަރުވެފައިވަނީ 3-3 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ނޮވެމްބަރު 2017 | ހޮނިހިރު 13:34
މާޅޮހުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މާޅޮހުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ.މާޅޮސް އަދި ދ.ކުޑަހުވަދޫ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި މި ދެ ޓީމު ކުޅުނު މެޗު އެއްވަރުވެފައި ވަނީ 3-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

މި މެޗުގައި މާޅޮހުގެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ކުޑަހުވަދޫގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައި ވަނީ މާޅޮހުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 10 އިބްރާހިމް ނާއިފްއެވެ. މި ލަނޑަށް ފަހު ކުޑަހުވަދޫއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައި އަބްދުލް ހާލިގް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

އެހެން ނަމަވެސް އަހުމަދު އާރިފް ވަނީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލަނޑެއް ޖަހައިދީ އަލުން އަނބުރާ މާޅޮހަށް ލީޑު ނަގައިދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މާޅޮހުން ފުރަތަމަ ހާފު ނިންމާލިއިރު ކުޑަހުވަދޫއިން ދެވަނަ ހާފަށް ނުކުމެފައި ވަނީ ކުޅުން އިތުރަށް ވަރުގަދަ ކޮށްގެންނެވެ. މި ހާފުގައި އެ ޓީމުން ވަނީ ޑިފެންސަށް ވިސްނައިގެން ކުޅެ ކައުންޓާގައި މާޅޮހުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

އެގޮތުން ދެވަނަ ހާފު ފެށިގެން ނުވަ މިނެޓު ތެރޭގައި ކުޑަހުވަދޫގެ ބިދޭސީ ފޯވާޑް ކްރިސްޓިއަން ޑޮޑްޒީ ޓޯސޫ ވަނީ ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން އާދަމް ޝަމީމް ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ކުޑަހުވަދޫއަށް ހޯދައިދީފައެވެ.

އެހެން ނަމަވެސް މާޅޮހުގެ ބިދޭސީ ފޯވާޑް އެންހެލް ކަރާސްކޯ މުނޯޒް ވަނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހައިދީ، އެ ޓީމަށް މި މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ. މި މެޗުވެސް އެއްވަރުވުމާއި ވިދިގެން ކުޑަހުވަދޫއަށް ލީގުގެ އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.

މި ދެ ޓީމުވެސް ލީގުގައި 14 މެޗު ކުޅެފައިވާއިރު މާޅޮސް އޮތީ ނުވަ ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ. ކުޑަހުވަދޫ އޮތީ އެއްވެސް މެޗަކުން މޮޅު ނުވެ ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް