Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ހުއްޓުވޭނެ ޓީމެއް ނެތް، ބަޔާން ގަދަ 16 އަށް

ޕީއެސްޖީ މޮޅުވެފައި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 07:45
ޕީއެސްޖީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ޕީއެސްޖީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން ސެލްޓިކް ބަލިކުރިއިރު ބަޔާން މިއުނިކް ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމު ގަދަ 16އަށް ކޮލިފައިވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ބީ" ގައި ސްކޮޓްލޭންޑުގެ ސެލްޓިކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ސެލްޓިކް އިންނެވެ. ޕީއެސްޖީގެ ސްޓޭޑިއަމް އެއްކޮށް އަޑު މަޑުވެގެން ދިޔައީ މެޗު ފެށިގެން މިނެޓެއް ނުވަނީސް ސެލްޓިކްގެ މޫސާ ޑެމްބެލޭ ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނުމުންނެވެ. އެހެންނަމަސް ސެލްޓިކްގެ ލީޑު ދެމިއޮތީ އެންމެ ނުވަ މިނެޓަށެވެ.

ސެލްޓިކްގެ މި ލަނޑަށް ޕީއެސްޖީން ރައްދުގައި ހަތް ލަނޑު ޖެހިއިރު އެ ލަނޑުތަކުގެ ތެރެއިން އެންމެ ފުރަތަމަ ލަނޑު އެ ޓީމަށް ޖަހައިދިނީ ނޭމާއެވެ. މެޗުގެ 22 ވަނަ މިނެޓުގައި ނޭމާ އޭނާގެ ދެވަނަ ލަނޑުޖަހައިދީ ޕީއެސްޖީއަށް ލީޑު ނަގައިދިން އިރު ޕީއެސްޖީގެ ތިން ވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާ އެކު ޖަހައިދިނީ އެޑިންސަން ކަވާނީއެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ.

ފުރަތަމަ ހާފު 4-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެން ނިމުނުއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މޮޅު އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި މާކޯ ވެރާޓީ ލަނޑެއް ޖަހައިދިންއިރު ކަވާނީ ވަނީ މެޗުގެ 79 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައިދީ ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ. ޕީއެސްޖީގެ ހަތްވަނަ ލަނޑު ޖަހައިދިނީ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސްއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ބެލްޖިއަމްގެ އަންޑަލެކްޓް ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގައެވެ.

އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯގެ އެހީތެރިކަމާ އެކު ރޮބާޓް ލެވަންޑޯސްކީ ލީޑު ނަގައިދިން ނަމަވެސް އެންޑަލެކްޓްގެ ސޮފިއަން ހަންނީ ވަނީ 63 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެނަސް މެޗުގެ 77 ވަނަ މިނެޓުގައި ޓޮލީސޯ ވަނީ ލަނޑެއް ޖަހައިދީ އަނެއްކާ ވެސް ބަޔާންއަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ގްރޫޕުގެ އެއްވަނައިގައި 15 ޕޮއިންޓާ އެކު ޕީއެސްޖީ އޮތްއިރު ދެވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކްއެވެ. މި ގްރޫޕުގެ ތިންވަނަ ތިން ޕޮއިންޓާއެކު ސެލްޓިކްއަށް ލިބޭއިރު ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ އެންޑަލެކްޓްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު