Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ޖަލްސާ

ތިނަދޫގައި އެންމެ ފަހުން ދެ ބައި މީހުން ހަމަނުޖެހުން ހިންގައިފި

22 ނޮވެމްބަރު 2017 | ބުދަ 17:27

ޕީޕީއެމްގެ އިސްވެރިން ތިނަދޫއަށް ވަޑައިގަތީ އިދިކޮޅު ފަރާތްތަކުން ޖަލްސާއަށް ތައްޔާރުވަމުން ދަނިކޮން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 22 ނޮވެމްބަރު 2017 | ބުދަ 17:27
ތިނަދޫގައި އިދިކޮޅު ޕާޓީތަކާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގަނީ

ތިނަދޫގައި އިދިކޮޅު ޕާޓީތަކާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގަނީ

ޕީޕީއެމްގެ ވަފުދެއް ގދ. ތިނަދޫއަށް މިއަދު ދިޔަ ވަގުތާ ދިމާކޮށް އިދިކޮޅު ފަރާތްތަކާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިންގައިފިއެވެ.

ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ތިނަދޫއަށް ޕީޕީއެމްގެ މީހުން ދިޔައީ އިދިކޮޅު މީހުން ބޮޑު ޖަލްސާއަކަށް ތައްޔާރުވަމުން ދަނިކޮށެވެ. ތިނަދޫ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖަލްސާ ބާއްވާ ސަރައްދުގައި ޝުއޫރު ފާޅުކުރުމުން ޕީޕީއެމްގެ ސަޕޯޓަރުން އެތަނަށް ގޮސް ބައެއް މީހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އެރަށް ވަޑައިގެންނެވި ސަރުކާރާއި ޕީޕީއެމްގެ އިސްވެރިން އިސްވެ ތިއްބަވައިގެން ފޮނުވައިގެން ކަމަށް އޭނާ ތުހްމަތު ކުރެއްވި އެވެ.

Advertisement - newsAdvertisement
"ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިސްކޮން ހުންނަވައިގެން ޑިފެންސް މިނިސްޓަރު ވެސް އެތާ ހުންނަވައިގެން އަދި އެހެނިހެން ވަޒީރު ބޭފުޅުން ވެސް އެތަނުގައި ތިއްބަވައިގެން އެފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ކުދިންތަކެއް ލައްވައި ހިންގުމަކީ ވަރަށް ހިތާމަވެރި ކަމެއް. ގައުމު ނުވެއްޓޭ ފަދަ އަނދަވަޅަކަށް ވައްޓައި، އަދި މުސްތަގުބަލުގައި ވައްޓާލާނެ ކަމުގެ ފެހި ސިގްނަލް މިދެނީ،" ނާސިހް ވިދާޅުވި އެވެ.

ހަމަ އެހެންމެ ޕީޕީއެމްގެ އިސްވެރިން ތިބެގެން ހިންގި އަމަލުތައް އަތޮޅު ކައުންސިލްގެ ފަރާތުން އޭނާ ވަނީ ކުށްވެރިކުރައްވާފަ އެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާއަށް ހުރަސްއެޅުމަށް އެކި ގޮތްތުން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ނާސިހް ވިދާޅުވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ އެދިވަޑައިގަތުމަކަށް އަތޮޅުގޭގައި އަތޮޅު ކައުންސިލާއި އަދި ރަށު ކައުންސިލްގެ މެމްބަރުންނާ އެކު ބުދަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް ފަހު ނިކުމެ ވަޑައިގެން ވަގުތު ފުލުހުން އައިސް އަތޮޅު ކައުންސިލް އިދާރާގެ ތަޅުދަނޑި ދިނުމަށް އެދުނު ކަމަށެވެ. އަދި ހޯމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއް ފުލުހުން ދެއްކުމުން ބުރާސްފަތި ދުވަހުގެ އަތޮޅު ކައުންސިލްގެ އިދާރާ ފުލުހުންނާ ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެރަށުގައި އިދިކޮޅު ފަރާތްތަކުން ބަހައްޓާފައި ހުރި ޕޯސްޓަރެއް ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ފުލުހުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެހާ ބޮޑަށް ކަންބޮޑު ވަނީ އާދަލާ ހިލާފަށް ޖަލްސާ ބޮޑުވެގެން ހިނގާދޭނެތީ ކަމަށެވެ.

"ސަރުކާރުގެ ފަރާތްތަކުން ހިތްބިރު ގަންނަނީހެން ހީވަނީ ތިނަދޫގައި ޖަލްސާއެއް ބާއްވާތީ. އާދަޔާ ހިލަށް ބޮޑުވެގެން ހިނގާދާނެތީ. ތިނަދޫގެ ދެ މެމްބަރުންގެ ފަރާތުންނާއި ތިނަދޫ އެދެނީ އަދި ތިނަދޫގެ ޕީޕީއެމް އިން ވެސް އެދެނީ މި ފަދަ ބޮޑު ޖަލްސާއެއް ބޭއްވުމަށް. އެހެންވީމަ ނަންބަރުތައް ގިނަ ވަދާނެތީ އަބްދުﷲ ޔާމިން ބިރުގަންނަނީ،" އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި އިދިކޮޅު ފަރާތްތަކުގެ ބުރާސްފަތި ދުވަހު ރޭ ބާއްވާ ޖަލްސާއަށް ދަނީ ބޮޑެތި ތައްޔާރީތައް ވަމުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެ ޖަލްސާއަށް ދާނެ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވެސް ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަނެއްކޮޅުން ޕީޕީއެމްގެ މެމްބަރުން ގެންދަނީ އެ ޖަލްސާއަށް މީހުން ދިއުމާ ދެކޮޅު ކެމްޕެއިންކުރަމުންނެވެ. އަދި އެ ޖަލްސާ އަށް ނުދިއުމަށް ސީދާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ. އަދި ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް