Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2022

ގަތަރުގެ ކޯޗަކަށް ޒަވީ ގެންނަން ބޭނުންވޭ!

ރިޓަޔާ ކުރުމަށްފަހު ފެނިގެންދާނީ ކޯޗެއްގެ ގޮތުގައި ކަމަށް ޒަވީ ބުނެފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2017 | އަންގާރަ 07:01
ގަތަރުގެ ޓީމެއް ކަމަށްވާ އަލް ސައްދުގެ ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ

ގަތަރުގެ ޓީމެއް ކަމަށްވާ އަލް ސައްދުގެ ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ

ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ގެންނަން ބޭނުންވާ ކަމަށް 2022 ވަނަ އަހަރު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ގަތަރުގެ އަލް ސައްދާއެކު މިހާރު ކުޅެމުން އަންނަ ޒަވީ ވަނީ މި ސީޒަން ނިންމާލުމަށްފަހު ރިޓަޔާ ކުރާނެކަން އިއުލާނު ކޮށްފައެވެ. ރިޓަޔާ ކުރުމަށްފަހު ފެނިގެންދާނީ ކޯޗެއްގެ ގޮތުގައި ކަމަށް އޭނާ ބުނެފައިވާއިރު ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ކަންކަން ކުރިޔަށް ގެންދާ ކޮމިޓީގެ ރައީސް ހަސަން އަލް ތައުހީދީ ވިދާޅުވީ އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޒަވީ ގެންނަން ބޭނުންވާ ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ތައުހީދީ ވިދާޅުވީ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ޕެޕް ގާޑިއޯލާއާއި ކާލޯ އަންޗެލޯޓީއާއި ޒައިނުއްދީން ޒިދާންގެ އިތުރުން އެންޓޯނިއޯ ކޮންޓޭ ވެސް ކުޅުން ހުއްޓާލުމަށް ފަހު ކާމިޔާބު ކޯޗުންނަށް ވެފައިވާ ކަމަށެވެ. ހަމައެގޮތަށް ޒަވީއަކީ ވެސް ކާމިޔާބު ކޯޗަކަށް ވުމުގެ ހުރިހާ ސިފައެއް ހުރި ކުޅުންތެރިޔެއް ކަމަށް ތައުހީދީ ވިދާޅުވިއެވެ. އެގޮތުން އޭނާގެ އުއްމީދަކީ ޒަވީ ގަތަރުގެ ކޯޗުގެ މަގާމުން ފެނިގެން ދިޔުން ކަމަށާއި އެހެނަސް އޭނާއަށް އެކަމަށް އެއްވެސް ބާރެއް ނުފޯރުވޭނެ ކަމަށް ތައުހީދީ ވިދާޅުވިއެވެ.

ތައުހީދީ ވިދާޅުވީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބިޑު ކާމިޔާބުކުރުމަށް އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ނުވާނެ ކަމަށާއި މިހާރު ކުރިޔަށްދާ ފީފާގެ ކޮރަޕްޝަންގެ ތަހުގީގަށް ގަތަރުން ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށެވެ. ހަމައެހެންމެ ބޭއިންސާފުން އެ ގައުމާއި ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ އެ މައްސަލަ ކޯޓަށް ވައްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ތައުހީދީ ވަނީ ދެއްވާފައެވެ.

ހަމައެހެންމެ ތައުހީދީ ވިދާޅުވީ ފީފާގެ ކޮރަޕްޝަން ފަޅާއަރުވާލި 'ގާސިއާ ރިޕޯޓު' އަކީ ގަތަރާއި އެއްވެސް ގުޅުން ހުރި ރިޕޯޓެއް ނޫން ކަމަށާއި އެއީ މުޅި ފީފާގެ އިދާރާއިން ހިންގާފައިވާ ކޮރަޕްޝަނާއި ގުޅުންހުރި ރިޕޯޓެއް ކަމަށެވެ. އެގޮތުން ގަތަރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރީ ވަރަށް އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ތައުހީދީ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މޮރޮކޯއިން ކުރި ބިޑަށް ގަތަރުން ތާއިދުކުރަން ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ. އޭނާ ވިދާޅުވީ އެ ގައުމުން މޮރޮކޯގެ ބިޑަށް ތާއިދުކުރަން ނިންމީ އަރަބި ގައުމުތަކަކީ ފުޓްބޯޅައިގެ ގަދަ ބާރުތަކަށް ހެދުމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށާއި އަދި އެ ހިސާބުގެ ގައުމުތަކަށް ހަމަޖެހުން އަންނާނެ ކަމުގެ ޔަގީން ކަމާއެކު ކަމަށެވެ. މޮރޮކޯއިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރުން ވެގެން ދާނީ މުޅި އަރަބި ދުނިޔެއަށް ލިބޭ ބޮޑު ކާމިޔާބަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ތައުހީދީ ވަނީ ގަތަރުގެ ފުޓްބޯޅައިގެ ކުރިމަގާއި ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރަށްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު