Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގެ ޝާޙީ އާއިލާ

ސައުދީ ވަލީއަހުދު މިހާރު އަޅުއްވަމުންދަނީ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތަކެއް: އެމެރިކާގެ އޮފިޝަލުން

16 ނޮވެމްބަރު 2017 | ބުރާސްފަތި 16:33

ވަލީއަހުދު މުހައްމަދު ގެންދަވަނީ ވެރިކަމުގެ ތެރޭގައި އެ މަނިކުފާނުގެ ބާރުތައް ގަދަކުރައްވަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ނޮވެމްބަރު 2017 | ބުރާސްފަތި 16:33
ވަލީއަހުދު މުހައްމަދު ގެންދަވަނީ ވެރިކަމުގެ ތެރޭގައި އެ މަނިކުފާނުގެ ބާރުތައް ގަދަކުރައްވަމުން

ވަލީއަހުދު މުހައްމަދު ގެންދަވަނީ ވެރިކަމުގެ ތެރޭގައި އެ މަނިކުފާނުގެ ބާރުތައް ގަދަކުރައްވަމުން

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މިހާރު އަޅުއްވަމުން އެ ގެންދަވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެ ކަމުގެ ސަބަބުން އެމެރިކާގެ މަސްލަހަތަށް ބުރޫ އަރާފާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ ކަމަށް ނިއުޔޯކް ޓައިމްސް ރިޕޯޓްކޮށްފިއެވެ.

"ވަލީއަހުދު ސަލްމާން ކަންކަން ކުރައްވަނީ ފަހުން ވެދާނެ ގޮތެއް ބެއްލެވުމެއް ނެތި, ވަރަށް ޒިންމާދާރުކަން ކުޑަކޮށް" ކަމަށް ޕެންޓަގަން އަދި ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ ހިމެނޭ ގޮތަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވި ކަމަށް އަންގާރަ ދުވަހު ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައި ވެއެވެ.

Advertisement - worldAdvertisement

އުމުރުފުޅުން 32 އަހަރުގެ ސަލްމާން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަލީއަހުދު ކަމަށް އައްޔަން ކުރައްވައި ތަޚުތާ ގާތަށް ގެންނެވުމާ އެކު އެ މަނިކުފާނު ގެންދަވަނީ ވެރިކަމުގެ ކޮއިލުގައި ބާރުގަދަ ކުރައްވަމުންނެވެ.

ވަލީއަހުދު މުހައްމަދު ރިޔާސަތުގައި އިންނަވައި އެންޓި ކޮރަޕްޝަން ކޮމިޓީން ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ފަށާފައިވާ މަސައްކަތެއްގެ ތެރެއިން ކަމަށް ބުނެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ސައުދީގެ އިސް ފަރާތްތަކެއް ހައްޔަރު ކޮށްފައެވެ.

ރިޒްކާލްޓަން ހޮޓަލުގައި ބަންދުގައި ބައިތިއްބާފައިވާ ފަރާތްތަކުގެ ތެރޭގައި 11 ވަޒީރަކާއި ނުފޫޒު ގަދަ ބައެއް ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވައެވެ.

އީރާނުން ލުބްނާނުގެ ދާޚިލީ ކަންކަމާ ބެހޭ ކަމަށް ބުނެ، ލުބްނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ ވަނީ ހަމަ އެ ދުވަހު ސައުދީގައި ހުންނަވައި މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ހަރީރީ އަދިވެސް އެނބުރި ގައުމަށް ވަޑައިގެންފައިނުވާއިރު ލުބުނާނުގެ ވެރިން ތުހުމަތު ކުރައްވަމުން ގެންދަވަނީ އެ މަނިކުފާނު އެ ގައުމުގައި ހުންނެވީ ގޭބަންދުގައި ކަމަށެވެ. ނަމަވެސް ހަރީވަނީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އެކަން ދޮގުކުރައްވައި އަވަސް ގޮތެއްގައި ގައުމަށް ވަޑައިގެން އިސްތިއުފާގެ ކަންކަން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ ހަރީރި އިސްތިއުފާ ދެއްވާފައިވަނީ ސައުދީ އަރަބިއްޔާއިން " މަޖުބޫރު" ކޮށްގެން ކަމަށް ވިދާޅުވެފައެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލުން ދެއްކެވި ވާހަކަފުޅާ އެކު އަނެއްކާ ވެސް ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި ބަދަހިކަން ކުޑަކަން ހާމަވެފައެވެ.

ސައުދީގެ އިސް ފަރާތްތައް ހައްޔަރު ކުރުމާ އެކު ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރަސްގެފާނު ސަލްމާން އާއި ވަލީއަހުދަށް އެ ކުރެއްވެނީ ކޮންކަމެއްކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމާ މެދު ފުރިހަމައަށް އިތުބާރު އެބަ އޮތް ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ ފަރާތްތަކަށް ނިސްބަތްކުރައްވާ ވިދާޅުވެފައި ވަނީ މިއަދު ހަރުކަށިކޮށް އެ ބަޔަކާ މެދު އަމަލުކުރެވެމުންދާ ބައެއް ފަރާތްތަކަކީ ޒަމާންތަކެއް ވަންދެން "ގައުމު ފެލަމުން" ދިޔަ މީހުން ކަމަށެވެ.

ސައުދީ އިސްވެ އޮވެ އަރަބި ބައެއް ގައުމުތަކުން ޖޫން މަހުގެ ފަސް ވަނަ ދުވަހު ވަނީ އަވަށްޓެރި ގަތަރާ ގުޅުން ކަނޑާލައި އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ. ޓެރެރިޒަމްގެ ތުހުމަތުކޮށް ގުޅުން ކަނޑާލިއިރު ގަތަރުން ދަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

އިތުރަށް ކިޔާލަން

04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް