Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނެޑާގެ އާ ސަފީރު

ކެނެޑާގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފި

ކެނެޑާއާ ދެޤައުމުގެ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ މި އަހަރު 36 އަހަރު ފުރޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2017 | ބުދަ 13:29
ކެނެޑާ ސަފީރާއި ރައީސް ބައްދަލުކުރެއްވުން

ކެނެޑާ ސަފީރާއި ރައީސް ބައްދަލުކުރެއްވުން

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޭވިޑް މެކްކިނަން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ކެނެޑާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކެނެޑާއަކީ ރާއްޖެއިން ވަރަށް މުހިއްމުކަމެއް ދޭ ޤައުމެއް ކަމަށާއި، މިއަހަރަކީ ރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 36 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި، ފާއިތުވި 36 އަހަރުގެ ތެރޭގައި ކެނެޑާ ސަރުކާރުން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާކަމަށާއި، ކެނެޑާގެ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ކެނެޑާ އާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން ކުޅެމުންދާ ދައުރު ބަޔާންކުރައްވާ، އަދި ކުރިޔަށް އޮތްތާނގައިވެސް ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންދެއްވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ދެބޭފުޅުންވެސްވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކެނެޑާގެ އިންވެސްޓަރުން ހޯދަން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކެނެޑާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކެނެޑާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އެކި ދާއިރާތަކުން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ކެނެޑާގެ އާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެ މަސައްކަތްތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި މި މަސައްކަތުގައި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ކެނެޑާގެ ސަފީރު ވިދާޅުވިއެވެ. ކެނެޑާގެ އާ ސަފީރުގެ އަރިހުގައި، ޕޮލިޓިކަލް އެންޑް އިކޮނޮމިކް ކައުންސެލަރ މިސް ޖެނިފަރ ހާޓް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

22 މެއި 2017
 ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި

ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި

21 މެއި 2017
ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި

ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި

17 މެއި 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު