Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަންކަޕް ކޮލިފައިން

އޭޝިއަންކަޕް ކޮލިފައިން: ފަލަސްތީނުން ރާއްޖެ ލަދުގަންނުވާލައިފި

15 ނޮވެމްބަރު 2017 | ބުދަ 03:56

މިއީ ފާއިތުވި 15 އަަހަރުގެ ތެރޭގައި ރާއްޖެ ބަލިވި އެންމެ ބޮޑު ބަލި

ލީވާން އަލީ
ލީވާން އަލީ | 15 ނޮވެމްބަރު 2017 | ބުދަ 03:56
ރާއްޖެ އަދި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އަދި ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން

އޭޝިއަންކަޕް ކޮލިފައިންގައި ފަލަސްތީނުން ރާއްޖެ ލަދުގަންނުވާލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ފަލަސްތީނާ ވާދަކޮށް ރާއްޖެ ބަލިވެފައި ވަނީ 1-8 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ފާއިތުވެ ދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ރާއްޖެ ކޮޅަށް އެންމެ ގިނައިން ލަނޑު ވަތް އަދި އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ.

ފަލަސްތީން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަހުމޫދު ޔޫސުފް އެވެ. މި ލަނޑަށް ފަހު ވެސް ފަލަސްތީނުން ދިޔައީ ރާއްޖޭގެ ގޯލަށް ފުލުފުލުގައި ހަމަލާ ދެމުންނެވެ. އެގޮތުން 16 ވަނަ މިނެޓުގައި ހައިތަމް ތީބް ފޮނުވާލި ބޯޅަ ރާއްޖޭ ގޯލު ތެރެއަށް ވަނީ ކީޕަރު ފައިސަލް އަތުގައި ޖެހިފައެވެ. ފަލަސްތީނުގެ ތިންވަނަ ލަނޑު 30 ވަނަ މިނެޓުގައި ސަމީހު މަރާބިއާ ކާމިޔާބުކޮށްދިން އިރު، އޭގެ ދެ މިނެޓު ފަހުން މަހުމޫދު ވަނީ އެޓީމަށް ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފްގައި ރާއްޖެއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައިނުވާއިރު، ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެން ވެސް ފުރުސަތެއް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް ފަލަސްތީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ހަވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ދެވަނަ ހާފް ފެށިގެން ހަވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ ރިޒޭގެ އެހީތެރިކަމާ އެކު ހަސަން ނާއިޒް (ދާދު) އެވެ.

އޭގެ ފަހުން އަށް މިނެޓު ތެރޭގައި ފަލަސްތީނުން ވަނީ ފުލުފުލުގައި ހަތަރު ލަނޑު ޖަހާފައެވެ. މި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ސަމީހު ޖެހިއިރު، އަނެއް ލަނޑު ޖެހީ ޒޮރީލާއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ޑީގައި އޮމާން އަދި ބޫޓާން ބައްދަލުކުރި މެޗު 2-4 ގެ އިން ކާމިޔާބުކުރީ އޮމާންއެވެ. ގްރޫޕްގައި ކޮންމެ ޓީމެއް ވެސް ފަސް މެޗު ކުޅެފައިވާއިރު، ހުރިހާ މެޗެއް ކާމިޔާބުކޮށް 15 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ފަލަސްތީނެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު އޮމާން އޮތްއިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ރާއްޖެއެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޫޓާނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް