Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަނޭޝަނަލް ފްރެންޑްލީ

ވޯލްޑް ފްރެންޑްލީ: ބްރެޒިލްއިން ފޯމު ދަމަހައްޓައިފި

11 ނޮވެމްބަރު 2017 | ހޮނިހިރު 11:48

ބްރެޒިލް ވަނީ 3-1 އިން ބްރެޒިލް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 11 ނޮވެމްބަރު 2017 | ހޮނިހިރު 11:48
ބްރެޒިލްގެ މާސެލޯ ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ވިލިއަންއާއެކު އުފާ ފާޅުކުރަނީ

ބްރެޒިލްގެ މާސެލޯ ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ވިލިއަންއާއެކު އުފާ ފާޅުކުރަނީ

ރަހުމަތްތެރިކަމުގެ މެޗެއްގައި ޖަޕާން ބަލިކޮށް ބްރެޒިލްގެ ގައުމީ ޓީމުން މޮޅުވުމުގެ ފޯމު ދަމަހައްޓައިފިއެވެ.

އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ މި ދެ ޓީމު ވެސް މި މެޗާއި ކުރިމަތިލިއިރު އޮތީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން ދެކުނު އެމެރިކާގެ އެއްވަނަ ޓީމުގެ ގޮތުގައި މި މެޗާއި ކުރިމަތިލި ބްރެޒިލްއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ޖަޕާނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއެވެ. މި ލަނޑަކީ ޖަޕާނުގެ އޭރިއާ ތެރެއިން ބްރެޒިލްގެ ކުޅުންތެރިޔަކަށް ފައުލް ކުރުމާއި ވިދިގެން ރެފްރީ ދިން ޕެނަލްޓީއަކުން ނޭމާ ޖަހައިދިން ލަނޑެކެވެ.

މި ލަނޑަށް ފަހުވެސް ބްރެޒިލްގެ ޓީމުން ޖަޕާނުގެ ގޯލަށް ބާރުބޮޑު ކުރުމުގެ ނަތީޖާއެއްގެ ގޮތުން 17 ވަނަ މިނެޓުގައި އެ ޓީމަށް އަނެއްކާ ވެސް ޕެނަލްޓީއެއް ލިބުނެވެ. އެހެނަސް ނޭމާ މިފަހަރު ފޮނުވާލި ޕެނަލްޓީ ޖަޕާނުގެ ކީޕަރު ކަވަޝީމާ ދިފާއުކުރިއެވެ. ނެމާގެ ޕެނަލްޓީ ދިފާއުކުރުމުން ބްރެޒިލްއަށް ލިބުނު ކޯނަރު ޖަޕާނުގެ ކުޅުންތެރިންނަށް ސާފު ނުކުރެވި އުޅެނިކޮށް މާސެލޯ ވަނީ ލަނޑެއް ޖަހައި ބްރެޒިލްގެ ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޖަޕާނުގެ ޔޯޝީޑާ ފޮނުވާލި ހިލޭ ޖެހުން ބްރެޒިލްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އޭގެ ހަ މިނެޓު ފަހުން ގެބްރިއެލް ޖީސަސް ވަނީ ލަނޑެއް ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލްއަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ފުރަތަމަ ހާފު ބްރެޒިލް ކުރީގައި އޮވެގެން ނިމުނުއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް ބްރެޒިލްގެ ފަރާތުން މި ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު ޖަޕާނުން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓޮމައޯކީ މަކީނޯއެވެ.

ބްރެޒިލްއަކީ ވޯލްޑް ކަޕުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމު ކަމަށްވާއިރު އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ތައްޔާރުވުންތައް އެ ޓީމުން ވަނީ ފަށާފައެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އަންނަ އަންގާރަ ދުވަހު ވެމްބްލީ ސްޓޭޑިއަމުގައި ބްރެޒިލް ނުކުންނާނީ އިނގިރޭސިވިލާތާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް