Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް ކޮލިފައިން

ވޯލްޑް ކަޕް ޕްލޭއޮފް: ކްރޮއޭޝިއާ އަދި ސްވިޓްޒަލޭންޑް ކޮލިފައިވުމާ ގާތަށް

ކްރޮއޭޝިއާ ވަނީ 4-1 އިން ގްރީސް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ނޮވެމްބަރު 2017 | ހުކުރު 14:52
މޮޑްރިޗް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

މޮޑްރިޗް ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުތައް ކާމިޔާބުކޮށް ކްރޮއޭޝިއާ އާއި ސްވިޓްޒަލޭންޑް ވޯލްޑް ކަޕުގެ ޖާގައަކާ ގާތަށް ޖެހިލައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިން ޕްލޭ އޮފްގައި ކްރޮއޭޝިއާއިން ވަނީ އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ގްރީސް 4-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ކްރޮއޭޝިއާގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ލޫކާ މޮޑްރިޗްއެވެ. އޭގެ ހަ މިނެޓު ފަހުން ނިކޮލައި ކަލިނިޗް ވަނީ ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ކްރޮއޭޝިއާއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މެޗުގެ 30 ވަނަ މިނެޓުގައި ގްރީސްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ސޮކްރެޓީސްއެވެ. މި ލަނޑު ޖެހިތާ ތިން މިނެޓް ނުވަނީސް އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހައި ކްރޮއޭޝިއާގެ ދެ ލަނޑުގެ ލީޑު އަލުން އަނބުރާ އެ ޓީމަށް ހޯދައިދީފައެވެ.

ފުރަތަމަ ހާފު 3-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން އަންދަރޭ ކްރަމަރިޗް ވަނީ 49 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ކްރޮއޭޝިއާއަށް ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުށް ވަރަށް ބޮޑަށް މަގުފަހިވެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޓްޒަލޭންޑުން ވަނީ 1-0 ގެ ނަތީޖާއަކުން ނޮދާން އަޔަލޭންޑް ބަލިކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހައި ދިނީ ޑިފެންޑާ ރިކާޑޯ ރޮޑްރިގޭޒްއެވެ.

ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރޮއޭޝިއާ، ގްރީސްއާ ދެކޮޅަށް ނުކުންނައިރު އަމިއްލަ ގައުމުގައި ސްވިޓްޒަލޭންޑް ނުކުންނާނީ ނޮދާން އަޔަލޭންޑާ ދެކޮޅަށެވެ.

މި ޕްލޭ އޮފް މެޗުތަކަކީ ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ގްރޫޕްތަކުގެ ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި އަށް ޓީމުގެ މެދުގައި ކުޅެވޭ މެޗުތަކެކެވެ. މި މެޗުތަށް ކާމިޔާބުކުރާ ޓީމުތަކަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު