Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2018

ޓެލްސްޓާރ 18 – ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ

މި ބޯޅައަކީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ކުންފުނިން އުފެއްދި 'ޓެލްސްޓާރ' ބޯޅަ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ބޯޅައެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2017 | ހުކުރު 14:48
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އަދި ވޯލްޑް ކަޕުގެ ޓްރޮފީ

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އަދި ވޯލްޑް ކަޕުގެ ޓްރޮފީ

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ބޯޅަ އާންމުކޮށް ދައްކާލައިފިއެވެ.

ޖަރުމަނުގެ 'އެޑިޑާސް' ކުންފުނިން އުފައްދާ މި ބޯޅައަށް ދީފައިވާ ނަމަކީ 'ޓެލްސްޓާރ 18' އެވެ. އެ ކުންފުނިން ބުނެފައިވަނީ މި ބޯޅައަކީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ކުންފުނިން އުފެއްދި 'ޓެލްސްޓާރ' ބޯޅައަށް ޒަމާނީ ބަދަލުތަކެއް ގެނެސް ޓެކްނޮލޮޖީގެ އެކިއެކި ސިފަތަކާއެކު އުފައްދާފައިވާ ބޯޅައެއް ކަމަށެވެ. ހަމައެހެންމެ އެ ކުންފުނީގެ އުއްމީދަކީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދިޔުމަށް މި ބޯޅައަކީ އެންމެ ބޮޑު އެހީތެރިޔަކަށް ވެގެން ދިޔުން ކަމަށް ވެސް އެޑިޑާސްއިން ހާމަކޮށްފައިވެއެވެ.

މީގެ 48 އަހަރުކުރިން އެންމެ ފުރަތަމަ އުފެއްދި 'ޓެލްސްޓާރ' ބޯޅައަށް އެ ނަން ދީފައިވަނީ ޓީވީގެ ޒަރިއްޔާއިން އެ ބޯޅައަށް ލިބުނު ތަރުހީބު ބޮޑުވުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ އުފެއްދި 'ޓެލްސްޓާރ' ބޯޅަ ވެގެން ގޮސްފައިވަނީ ކަޅު ޕެނަލްތަކެއް ބޭނުން ކޮށްގެން ބޯޅައެއް ފަރުމާކުރެވުނު ފުރަތަމަ ފަހަރަށެވެ. އެގޮތަށް އެ ބޯޅަ ފަރުމާކުރެވިގެން ދިޔައީ އޭރު ބޭނުން ކުރެވެމުންދިޔައީ ކަޅާއި ހުދުގެ ޓީވީތަކުގެ ސަބަބުންނެވެ. މި ބޯޅަ ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ ދުނިޔެއަށް އިންގިލާބެއް ގެނުވި ބޯޅައަކަށެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ މި ބޯޅައިގައި 'އެންއެފްސީ' ޗިޕެއް ހަރުކުރެވިފައިވެއެވެ. އެއީ ސްމާޓްފޯނު މެދުވެރިކޮށް ބޯޅައާއި މުއަމަލާތް ކުރެމުގެ ފުރުސަތު ބޯޅަ ބޭނުންކުރާ ފަރާތްތަކަށް ދިނުމުގެ ގޮތުން ހަރުކުރެވުނު ޗިޕެއް ކަމަށް އެޑިޑާސްއިން ބުނެފައިވެއެވެ. އެ ޗިޕު މެދުވެރިކޮށް ބޯޅައިގެ ލޮކޭޝަން ދެނެގަނެވޭނެ ކަމަށާއި މި ބޯޅަ އުފެއްދުމުގައި ރީސައިކަލް ކުރެވިފައިވާ މާއްދާތައް ބޭނުން ކުރެވިފައިވާ ކަމަށް އެޑިޑާސްއިން ހާމަކޮށްފައިވެއެވެ.

މި ބޯޅަ ދައްކާލުމަށް ބޭއްވި ހަފްލާގައި ބޯޅަ ތައާރަފް ކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ބޯޅައާ ބެހޭ ގޮތުން މެސީ ބުނެފައި ވަނީ ބޯޅައިގައި އަލަށް އެކުލެވިފައިވާ ސިފަތަކާއި ބޯޅައިގެ ކުލަޔާއި އެހެނިހެން ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި ބޯޅަ ތައާރަފް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އެޑިޑާސް ކުންފުންޏަކީ 1970 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އުފައްދަމުން އަންނަ ކުންފުންޏެވެ.

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އާންމުކޮށް ދައްކާލާފައިވާއިރު ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު