ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 23:56
މޫސާ ނިޒާރު ރައީސް މައުމޫނާ ސަލާންކުރައްވަނީ
މޫސާ ނިޒާރު ރައީސް މައުމޫނާ ސަލާންކުރައްވަނީ
ޓްވިޓަރ
ކުނޫޒް ޖަލްސާ
ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާ މަންޒަރު އެބަފެނޭ: މޫސާ ނިޒާރު
ގާނޫނު އަސާސީގެ މައްޗަށް އެއްވެސް މީހަކަށް ނޭރޭނެ
ގައުމުގެ އިސްލާހަށް ވާހަކަ ދައްކާ މީހުން ނުހުއްޓުވޭނެ
ގާނޫނު އަސާސީ ވަނީ ހިފެހެއްޓިފައި

މިއަދު މިގައުމުން ފެނިގެންދަނީ ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާ މަންޒަރު ކަމަށާއި އެކަމުގެ އިހްސާސް ކުރެވެން ފަށާފައިވާ ކަމަށް ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ ނިޒާރު ވިދާޅުވީ، މިއަދު ގައުމުގައި ހިނގަމުންދާ ކަންކަމުން ލޮލުން ފެން އަންނަ ވަރުވާ ކަމަށާއި މިކަން ކަމާ މެދު ވިސްނަންޖެހޭ ކަމަށެވެ. ކޮންމެ މީހެއްގެ ވެރިކަމުގައި ވެސް ރަގަޅު ކަންތައްތަކާއި ރަގަޅު ނޫން ކަންކަން ހުންނާނެ ކަން ފާހަގަކުރައްވައި މޫސާ ނިޒާރު ވިދާޅުވީ، އެކަންކަމުގެ ތެރެއިން ވެސް ރަގަޅު ކަންކަން ފާހަގަކުރަންޖެހޭނެ ކަަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ރަގަޅު ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަން ނިޒާރު ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސް ވަރު ގެންނެވި އިސްލާހީ ބަދަލުތަކުގެ ވާހަަކަ ފާހަގަކުރައްވައި މޫސާ ނިޒާރު ވިދާޅުވީ، އާ ގާނޫނު އަސާސީގައި ގައުމަށް ފައިދާ ހުރި ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ގާނޫނުއަސާސީ އެކުލަވައިލި މަގްސަދު ހާސިލު ނުވާކަން ފާހަަގަކުރައްވައި އޭނާ ވިދާޅުވީ ގައުމެއްގެ ދިރުން އޮތުމުގައި ނުވަތަ ކުރިއަށް ދިއުމުގައި ގާނޫނު އަސާސީއަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ މައްޗަށް އެއްވެސް މީހަކަށް ނޭރޭނެ ކަމަށާއި އެންމެން ވެސް އެއަށް އިހުތިރާމުކޮށް ތަބާވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމުގައި މިއަދު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި މޫސާ ނިޒާރު ވިދާޅުވީ، މީހުން ކަންކަމުގައި އެހީތެރިވުމުން ބަދަލުގައި އަނިޔާވެރި ވެގެން ނުވާނެ ކަމަށެވެ.

" އެއްކަމަކީ ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާކަމުގެ އިހްސާސް މިއަދު އެބަ ކުރެވޭ. ގާނޫނު އަސާސީއަށް ބޯލެނބޭ މަންޒަރު ނުފެނޭ. ގާނޫނު އޮތީ ބަނދެވިފައި. ގާނޫނު އަސާސީ ހިފެހެއްޓިަފއިވާ ކަމުގެ ވަރަށް ގިނަ ހެކިތައް އެބަފެނޭ،" މޫސާ ނިޒާރު ވިދާޅުވިއެވެ

އަދުލު އިންސާފު ގާއިމް ކުރުމާ ގައުމު ދުރުވަމުންދާ ކަމަށާއި ކަންކަން އިސްލާހު ކުރުމަށް ރައްޔިތުންނަށް އެވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ލިބެންޖެހޭނެ ކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް