Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ ކޮރަޕްޝަން

ސައުދީ ކޮރަޕްޝަންގެ މައްސަލާގައި މީހުން ހައްޔަރު ކުރުމަކީ ފެށުމެއް: އެޓާނީ ޖެނެރަލް

ތަޙުގީގުގެ ފުރަތަމަ މަރުހަލާ ފުރިހަމަވެއްޖެ: ޝެއިޚް ސައުދު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 7 ނޮވެމްބަރު 2017 | އަންގާރަ 04:25
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަދި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން: ރަސްގެފާނު ސަލްމާންގެ ޝާޙީ ޤަރާރަކުން އުފެއްދެވި އެންޓި ކޮރަޕްޝަން ކޮމިޓީގެ ޗެއަރމަނަކީ ވަލީއަަޙުދު މުޙައްމަދު

ކޮރަޕްޝަންގެ މައްސަލަތަކަކާއި ގުޅިގެން ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކެއް ހައްޔަރު ކުރުމަކީ އަދި ފެށުމެއް ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުޖީބް ވިދާޅުވެއްޖެ އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ޝާޙީ ގަރާރަކުން އުފެއްދެވި އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް، ސައުދީ ޝާޙީ އާއިލާގެ އަމީރުންނާއި، ވަޒީރުން އަދި ކުރީގެ ވަޒީރުންނާއި ވިޔަފާރިވެރިންތަކެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ސައުދީ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު ވިދާޅުވީ، މިއީ އެގައުމުން ކޮރަޕްޝަން ނައްތާލުމުގެ މުހިންމު މަސައްކަތުގެ ފެށުމެއް ކަމަށެވެ.

ކޮރަޕްޝަންގެ ތަހުގީގުގައި ލިބިފައިވާ ކުރިއެރުންތަކާއި ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ޝެއިޚް ސައުދު އަލް މުޖީބް ވިދާޅުވީ، ތަހުގީގުގެ ފުރަތަމަ މަރުހަލާ ފުރިހަމަވެފައިވާ ކަމަށެވެ. އަދި މުހިންމު ގިނަ ހެކިތަކެއް އެއް ކުރެވިފައިވާ ކަމަށާއި، ހައްޔަރު ކޮށްފައިވާ ފަރާތްތަކާއި ސުވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާތަނަށް ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ހުރިހާ ފަރާތްތަކަށްވެސް ޤާނޫނީ ގޮތުން ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ލިބިގެންދާނެ ކަމަށާއި، ޝަރީއަތްތައް ހިންގާނީ އަވަސް އަރުވާނުލައި، އާއްމުކޮށް ހުޅުވާލެވިގެން ކަމަށް ޝެއިޚް ސައުދު ވިދާޅުވި އެވެ.

ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ރިޔާސަތުގެ ދަށުން އެކުލަވާލާފައިވާ އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް ޝާހީ އާއިލާގެ 11 އަމީރަކާއި، 4 ވަޒީރެއް އަދި ކުރީގެ އެތައް ވަޒީރުންނެއް ހައްޔަރުކޮށްފައިވެއެވެ. ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި މަޝްހޫރު ބިލިއަނަރ އަދި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އާއި ދެބެއިންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަލްވަލީދު ބިން ތަލާލް ހިމެނެއެވެ.

ބޮޑެތި ބާރުތަކާއެކު އެކުލަވާލާފައިވާ އެންޓި ކޮރަޕްޝަން ކޮމިޓީ އަކީ، ސައުދީ ރަސްކަމަށް ތައްޔާރު ކުރައްވަމުން ގެންދަވާ ވަލީއަޙުދު މުޙައްމަދުގެ ނުފޫޒާއި ބާރުގަދަ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ.

ސައުދީ ރަސްގެފާނު ސަލްމާންގެ އިސްނެންގެވުމުގެ ގޮތުން ކުރައްވާ މިމަސައްކަތަށް ތާއީދު އޮތްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ، ރަސްގެފާނު ސަލްމާން އަދި ވަލީއަޙުދު މުޙައްމަދު ކުރައްވާ މަސައްކަތްޕުޅަކީ ކޮބައިކަން އެދެބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު