Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިކް މޯލްޑިވްސް

ނެޝަނަލް ބައިކް ޗެންޕިއަންޝިޕްގެ ނަމުގައި ހާއްސަ މުބާރާތެއް ބާއްވަނީ

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 24 ގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 ނޮވެމްބަރު 2017 | ހޯމަ 14:25
ބައިކް މޯލްޑިވްސް އިން މާލޭގައި ބައިިސްކަލް ދުއްވަނީ

ބައިކް މޯލްޑިވްސް އިން މާލޭގައި ބައިިސްކަލް ދުއްވަނީ

މިމަހުގެ ތެރޭގައި ނެޝަނަލް ބައިކް ޗެންޕިއަންޝިޕްގެ ނަމުގައި ހާއްސަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބައިކް މޯލްޑިވްސް އިން ބުނެފި އެވެ.

ބައިކް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން ވިދާޅުވީ، މި މުބާރާތް ކުރިއަށްދަނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހު ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ބައިކް މޯލްޑިވްސްގެ މެންބަރުން އެއްވެސް ފީއެއް ދައްކަން ނުޖެހޭ އިރު އަމިއްލަ ފަރާތްތަކުން 200ރ. މުބާރާތުގައި ބައިވެރިވުމަށް ދައްކަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަސްމާ ވިދާޅުވީ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"އަންހެން ފިރިހެން ވަކިން، ކްލަބު ޖަމިއްޔާތައް ވަކިން ބައިވެރިވެވޭނެ. މުބާރާތުގައި އެކި ކެޓަރީތަކަށް ވަނީ ބެހިފައި. އެއީ 200 މީޓަރާއި 1000 މީޓަރާއި 4000 މީޓަރާއި 30 ކިލޯ މީޓަރާއި 60 ކިލޯ މީޓަރު. ކޮންމެ ބޭފުޅަކަށް ވެސް ގިނަވެގެން ބައިވެރިވެވޭނީ ތިން ކެޓަގަރީގައި. ގްރޫޕް އިވެންޓްތަކުގައި ފަސް ބައިވެރިން ތިބެން ޖެހޭ އިރު ހަތަރު ބައިވެރިންނަށް އެއް ފަހަރާ ދުއްވޭނީ. ފަސް ވަނަ ބައިވެރިޔާއަކީ އަނިޔާއެއް ވާހާލަތުގައި ބަދަލުގައި އެރުވުމަށް ބަހައްޓާ ފަރާތް،" އަސްމާ ވިދާޅުވި އެވެ.

އަސްމާ ވިދާޅުވީ،ހުޅުމާލޭގައި ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފޭސްބުކް އާއި ވައިބަރ ގްރޫޕް އަދި ބައިކް މޯލްޑިވްސްގެ އިދާރާއިން ވެސް މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް ލިބޭނޭ ކަމަށެވެ.

މިއީ ކުޅިވަރު މުބާރާތެއްގެ ގޮތުގައި ކުރިން ކުރެވުނު ކަމެއް ނަމަވެސް މިހާރު މިފަދަ މުބާރާތެއް ނުބާއްވާތާ ވަރަށް ދުވަސްވެފައިވާ ކަމާށާއި ބައިކް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ ބައިސްކަލް ދުއްވާ ފަރާތްތައް އިތުރުކޮށް، މިކަން ޕްރޮމޯޓް ކުރުން ކަމަށެވެ.

ބައިކް މޯލްޑިވްސްގެ މެންބަރު އަނީސާ އަހުމަދު ވިދާޅުވީ އުންމީދަކީ ބައިސްކަލް ދުއްވުމަކީ ވެސް ރާއްޖޭގެ ސްޕޯޓްސް ކަލަންޑަރުގައި ހިމެނޭ ކުޅިވަރެއްގެ ގޮތުގައި މުސްތަގުބަލުގައި ފެނިގެންދިއުން ކަމަށާއި އެކަން ކުރުމަށް ބައިކް މޯލްޑިވްސް އިން އިސްނަގައިގެން މިހާރު ވެސް ތަފާތު މުބާރާތްތައް ބާއްވަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2017

ނެޝަނަލް ބީޗް ވޮލީ ވިމެންސް ޑިވިޝަން: ޗެމްޕިއަންކަން ރާޝިދާ އަދި ޒީނިއާގެ ޕެއާ ހޯދައިފި

29 އޮކްޓޯބަރު 2017
ނެޝަނަލް ބީޗް ވޮލީ ވިމެންސް ޑިވިޝަން: ޗެމްޕިއަންކަން ރާޝިދާ އަދި ޒީނިއާގެ ޕެއާ ހޯދައިފި
01 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި

01 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި
30 ޖުލައި 2017

"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަނީ

30 ޖުލައި 2017
"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަނީ
03 ޖޫން 2017

ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި

03 ޖޫން 2017
ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
19 އެޕްރީލު 2017

ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް

19 އެޕްރީލު 2017
ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު