Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ޖޫރިމަނާކުރުން

ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

4 ނޮވެމްބަރު 2017 | ހޮނިހިރު 09:55

ރާއްޖެޓީވީ ޖޫރިމަނާ ކުރީ މި އަހަރުގެ އެޕްރީމް މަހުގެ 6 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 4 ނޮވެމްބަރު 2017 | ހޮނިހިރު 09:55
ރާއްޖެޓީވީއިން ޖޫރިމަނާ ފައިސާ ދެއްކީ ފަންޑު ފޮށި ހުޅުވައިގެން، ބެލުންތެރިންގެ އެހީތެރިކަމާއެކު

ރާއްޖެޓީވީއިން ޖޫރިމަނާ ފައިސާ ދެއްކީ ފަންޑު ފޮށި ހުޅުވައިގެން، ބެލުންތެރިންގެ އެހީތެރިކަމާއެކު

ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް އުނިކަން އަންނަ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފެށުމަށް ސިވިލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން ހައްލެއް ނުލިބުމުން މައްސަލަ ޝަރިއަތަށް ފޮނުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ރާއްޖެޓީވީގެ ފަރާތުން ބުނަމުން ދިޔައީ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ކަމަށާއި އެހެންކަމުން، ވާހަކަ ދައްކައިގެން މި މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، ވާހަކަ ދައްކައިގެން ހައްލު ނުވުމުން އެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ރައީސް ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައި ވަނީ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށް ފަހު އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަށް ދިނީކީއެއް ނޫން" އޭ ބުނެފައިވާ ބުނުން ބްރޯޑްކާސްޓް ކޮށްފައި ވަނީ އަބުރުގެ ގާނޫނާ ޚިލާފަށް ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމާފައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާ މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް ސާބިތުވާ ކަމަށެވެ.

ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުގެ ކުރިން، 250،000 ރުފިޔާ އިން ޖޫރިމަނާކުރި އެވެ. އަދިި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ފަހުން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި އެވެ. އެހެންކަމުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ޖުމްލަ 1.75 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް