Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނަވާޒް ޝަރީފްގެ ކޮރަޕްޝަން

ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި

ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 05:25
ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެން

ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގައި ހިންގާ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފިއެވެ.

ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެންނެވެ.

ނަވާޒް އަދި އާއިލާގެ މެމްބަރުން ވެސް ބުނަމުންދަނީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެއްވެސް ކަމެއް ގޯހުން ކުރައްވާފައި ނުވާނެ ކަމަށެވެ.

އުމުރުފުޅުން 67 އަހަރު ފުޅުގެ ނަވާޒް ޝަރީފް ޖުލައިމަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެ މަނިކުފާނުގެ މިލްކިއްޔާތުގައި ހިމެނޭ ތަކެތި ހޯދި ގޮތް ތަހުގީގަށް ބުނެދެވިފައި ނުވާތީ މަގާމުގެ ޝަރުތުތައް ގެއްލިފައިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

މީގެ އިތުރުން ކޯޓުންވަނީ ނަވާޒް ޝަރީފްގެ އާއިލާއިން ގޮތްނޭނގޭ ތަނަވަސްކަމެއް ހޯދާފައިވާ މައްސަލައިގައި ތަހުގީގު ހިންގައި ދައުވާ ކުރުމަށް ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އަންގާފައެވެ.

ލަންޑަންގައި އުޅުއްވުމަށް ފަހު ބުރާސްފަތި ދުވަހު ގައުމަށް ވަޑައިގެންނެވިއިރު ޝަރީއަތަށް ފިއްލަވާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަނބިކަނބަލުން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ފެއްޓެވީއްސުރެ ނަވާޒް އުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ.

ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރިފާއި އަދި ދަނބިދަރިކަލުން ހުކުރު ދުވަހު ހެނދުނު ވަނީ އިސްލާމް އާބާދުގެ އެކައުންޓަބިލިޓީ ކޯޓަށް ހާޒިރުވެވަޑައިގެންފައެވެ.

މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒައީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުންވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ.

ނަވާޒް ޝަރީފްއާއި އާއިލާން ގެންދަވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

ނަވާޒް ޝަރީފްގެ ބޭފުޅުން ބައްލަވައިގެންފައިވާ ހަރުމުދަލާއި އޮފްޝޯ ކުންފުނިތަކުގެ ވާހަކަ އެ އާއިލާގެ މާލީ ބަޔާނުގައި ނެތްކަން ހާމަކޮށްފައިވަނީ ޕެނެމާ ޕޭޕަރުގައެވެ.

ބޭރު ގައުމުތަކުން ހަރުމުދާ ބައްލަވައިގަތުމުގެ ވަސީލަތަކީ އެ ކުންފުނިތައް ކަމަށް ތުހުމަތު ކުރެވިފައިވާއިރު ލަންޑަންގެ މޭފެއަރ ސަރަހައްދުން ޕާކް ލޭން އިން ގަނެފައިވާ އެޕާޓްމަންޓް ތައްވެސް ހިމެއެވެ.

ޕެނަމާ ޕޭޕަރުތަކުގެ އިތުރުން މަރްޔަމް ނަވާޒް ޝަރީފް ވަނީ އެއީ އެކަމަނާގެ ބޭބޭފުޅުގެ ތަނެއް ކަމަށާއި އެކަމަނާއަކީ އެތަނުގެ ޕަވަރ އޮފް އެޓަރނީ އޮންނަ ފަރާތްކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަ ސާބިތުކޮށްދިނުމަށް މަރްޔަމް ވަނީ އޭނާއާއި އޭނާގެ ބޭބެ 2006 ވަނަ އަހަރުގެ ތަރީޚެއްގައި ސޮއިކުރައްވާފައިވާ ކަމަށް ދައްކުވައިދޭ އެއްބަސްވުމެއް ތައްޔާރު ކުރައްވާފައެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ފޮރެންސިކް ތަޖުރިބާކާރުންވަނީ އެއީ އޮޅުވާލާފައިވާ ނުވަތަ "ފޭކް" ޑޮކިއުމެންޓެއްކަމަށް ބުނެފައެވެ. އެ ޑޮކިއުމެންޓް ތައްޔާރުކޮށްފައިވަނީ ކެލިބްރީ ފޮންޓުން ކަމަށްވާއިރު އެ ފޮންޓް ބޭނުންކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުއެވެ.

ނަވާޒް ޝަރީފްވަނީ ނޮވެމްބަރ 1990 ން ޖުލައި 1993 އަށް އަދި ފެބްރުއަރީ 1997 އޮކްޓޯބަރ 1999 ގައި ލޭއޮހޮރުވުމެއް ނެތް ބަޣާވާތަކުން ވެރިކަން ވައްޓާލުމާ ހަމައަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައިމަހާ ހަމައަށް މަގާމު ފުރުއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު