Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަރުނީޗަރު ވިއްކާ ފިހާރަ

ހައި އެންޑްގެ ނަމުގައި ހުޅުމާލޭގައި ފަރުނީޗަރު ވިއްކާ ފިހާރައެއް ހުޅުވައިފި

ފިހާރަ ހުޅުވާފައިވަނީ ރެހެންދި ސުކޫލް ބިއްދޮށުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ނޮވެމްބަރު 2017 | ހޮނިހިރު 02:11
ހައި އެންޑް ފިހާރައިގެ ނަން ބޯޑް

ހައި އެންޑް ފިހާރައިގެ ނަން ބޯޑް

ހައި އެންޑްގެ ނަމުގައި ހުޅުމާލޭގައި ފަރުނީޗަރު ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.

މި ފިހާރަ ރަސްމީކޮށް ހުކުރު ދުވަހުގެރޭ ހުޅުއްވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ގެސްޓްހައުސް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ކަރަމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަރަމް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރީތައް ޕްރޮމޯޓް ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވަނީ "ތާޑް ޕާޓީޒް" ތަކުން ކަމަށެވެ. އަދި މިދާއިރާ އާއި ގުޅުން ހުންނަ ރަގަޅު ހައްލުތައް ގެނެސްދީ އެކި ޕްރޮޑަކްޓްސްތައް ގެސްޓް ހައުސްތަކަށް ފޯރުކޮށްދިނުމަކީ އެ އެސޯސިއޭޝަންގެ މައިގަނޑު އެއް މަގްސަދު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ފިހާރާ ހުޅުމާލޭގެ ރެހެންދި ސުކޫލް ބިއްދޮށުގައި ހުޅުވާފައިވާއިރު ފިހާރައިން އެނދާއި ގޮދަނޑި، ކާޕެޓް، ސައިޑް ޓޭބަލް، އަލަމާރި، ސޯފާ އަދި މިނޫނަސް އެހެން ބައިވަރު ސާމާނުތައް ވިއްކަން ހުރެއެވެ.

ފިހާރައިގެ ވެރިޔާ އާއިމިނަތު ޝާމާ ނަސީރު ވިދާޅުވީ ރާއްޖޭގައި ހުންނަ އެހެން ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ހިލާފަށް އެމީހުންގެ ޓާގެޓަކީ ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ސާމާނުތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފިހާރައިން ވިއްކާ ގޮދަނޑިތައް 12 އަހަރުގެ ވޮރެންޓީއާ އެކީ ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި ފިހާރައިން ވިއްކާ ގޮނދަޑިތަކަކީ އެންޓި އެލާޖީ، އެންޓި ބެޑް ބަގް އެއްޗަކަށްވާއިރު އުނަގަނޑުގެ ރިހުމަށްވެސް އެ ގޮދަނޑިތަކަކީ ރަގަޅު ގޮދަނޑިތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާމާ އިތުރަށް ވިދާޅުވީ އިންސްޓޯލްމަންޓަށް ތަކެތި އިސްލާމިކް ބޭންކް މެދުވެރިކޮށް ގަނޭވެނެ މަގު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ފިހާރަ ހުޅުވުމަށްފަހު ވަނީ ކުރަފި ނައްތާލާ ޖަޕާނުގެ ޕްރޮޑަކްޓެއް ލޯންޗު ކޮށްފައެވެ. މި ޕްރޮޑަކްޓް ލޯންޗު ކޮށްދެއްވި ވީޓޫ ފިހާރައިގެ ވެރިޔާ ނަސީރު މުހައްމަދު ވިދާޅުވީ އެ ޕްރޮޑަކްޓަކީ ކުރަފި ނައްތާލަން ވަރަށް ރަގަޅު ޕްރޮޑަކްޓެއް ކަމަށާއި އެ ޕްރޮޑަކްޓް ބޭނުން ކުރުމަށް ފަހު ދެއަހަރު ވަންދެން ގެއިން ކުރަފި ނުފެންނާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ރަގަޅު އަގެއްގައި އެ ޕްރޮޑަކްޓް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ބައިވެރިންގެ މެދުގައި ގުރުލައި، ގުރުއަތުން ހޮވުނު ފަރާތްތަކަށް ފަންސަވީސް ހާހަށްވުރެ ގިނަ ރުފިޔާގެ އިނާމުތައް ހަވާލުކޮށްފައެވެ. އަދި ގްރެވިޓީ ބައި ހަބޭސް ބޭންޑުން ވަނީ ލައިވް ޕާރފޯމަންސްތަކެއް ހުށަހަޅައިދީފައެވެ.

ފިހާރަ ހުޅުވުމާއި ދިމާކޮށް ފުރަތަމަ ދެ މަހު ތަކެތި ގަންނަ ފަރާތްތަކަށް ތިރީސް ޕަސަންޓް ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ.

ފިހާރައިން ވިއްކާ ސާމާނުތަކާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް 7788290 ނަންބަރަށް ގުޅުއްވުމަށް ވެރިފަރާތުން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު