Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ އިސްތިއުނާފް

ބެންޗަށް ބަދަލު ގެނައި އިޖުރާއަތު ސައްހަ ކަމަށް ކަނޑައަޅައި، ފާރިސްގެ މައްސަލަ ކުރިއަށް ގެންދަނީ

ބެންޗަށް ބަދަލު ގެނެސް ރިޔާސަތަށް ފަނޑިޔާރު ޝުޖާއު އުސްމާން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2017 | އަންގާރަ 09:22
ޖުލައި 19 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި ގޮތަށް މިއަދާ ހަމައަށް ވެސް ބަންދުކޮށްފައި

ޖުލައި 19 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި ގޮތަށް މިއަދާ ހަމައަށް ވެސް ބަންދުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި އަމުރާއި ބަންދުކުރި އަމުރުގެ އިސްތިއުނާފް މައްސަލަ ބަލާ ހައިކޯޓުގެ ބެންޗަށް ގެނައި ބަދަލާއެކު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ބެންޗުން ކަނޑައަޅައިފި އެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ބެންޗަށް ބަދަލު ގެނައީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބުނެ ފާރިސްގެ ފަރާތުން ވަނީ ބެންޗު ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ ފާރިސްގެ ފަރާތުން ހުށަހަޅާ އެ ދަފްއުއަކީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން އެ ދަފްއު ހުށަހަޅައިފި ނަމަ، އެ އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާއެކު އެ ކޯޓުން ކަނޑައަޅައި މައްސަލައިގައި ފައިސަލާ ކުރަންޖެހޭ މައްސަލައެއް ކަމަށްވާތީ އެގޮތުގެ މަތިން އަމަލުކުރަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ވާހަކަ ހައިކޯޓުގައި ދެންނެވިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އަޑުއެހުންތައް މަޑުޖައްސާލާފައި ބޭއްވުމަށް ފަހު އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވަނީ އިޖުރާއީ މައްސަލައެއްގެ ގޮތުގައި ބެންޗަށް ބަދަލު ގެނައި މައްސަލަ ހުށަހަޅާފަ އެވެ. އަދި އިސްފަނޑިޔާރު އަބްދުﷲ ދީދީ ބެންޗު ބަދަލުކުރެއްވި އިރު، އަބްދުﷲ ދީދީ އިންނަވައިގެން ބެންޗަށް ބަދަލު ގެނެސްފައިވާ އިޖުރާއަތުގެ ސައްހަކަން ނުވަތަ ނޫންކަން ކަނޑަނޭޅޭނެ ކަމަށް ބުނެ ވަކާލާތު ކޮށްފައިވެއެވެ.

އެހެންނަމަވެސް، އިސްފަނޑިޔާރު އަބްދުﷲ ދީދީ އިންނެވި ބެންޗުގެ އިއްތިފާގުން ނިންމީ، އަބްދުﷲ ދީދީ އިންނަވައިގެން އިޖުރާއަތުގެ ސައްހަކަން ނުވަތަ ނޫންކަން ކަނޑައެޅޭނެ ކަމަށެވެ. އެއަށްފަހު ބެންޗަށް ގެނެސްފައިވާ އިޖުރާއަތު ސައްހަ ކަމަށް ކަނޑައަޅައި، އެ ބެންޗުން މައްސަލަ ބެލޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ބެންޗަށް ބަދަލު ގެނައި އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާ އެކު ހައިކޯޓުން ކަނޑައަޅަންވާނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައި އޮތް ނަމަވެސް، އިޖުރާއަތު ސައްހަ ކަމަށް ކަނޑައެޅި ގާނޫނީ ސަބަބުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުން ނިންމާލާފައި ވަނީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާނުކުރުމަށްފަހުގަ އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.

ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ.ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، ތަހުގީގު ވެސް ނިމިފައިނުވެ އެވެ. ނަމަވެސް، އޯގަސްޓް 22 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކޮށް އިބްތިދާއީ އަޑުއެހުން ވަނީ ފަށާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު