Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީއޭ ދެވަނަ ޑިވިޝަން

އެމްބީއޭ ދެވަނަ ޑިވިޝަން: އެއްވެސް މެޗަކުން ބަލިނުވެ ސްޓިންޖާސް ޗެމްޕިއަންކަން ހޯދައިފި

30 އޮކްޓޯބަރު 2017 | ހޯމަ 06:32

ސްޓިންޖާސްއިން ވަނީ ފަހު މެޗުގައި ކްލަބް އެޗްޑީސީ 67 ޕޮއިންޓް 63 ޕޮއިންޓްއިން ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 އޮކްޓޯބަރު 2017 | ހޯމަ 06:32
ސްޓިންޖާސް ބީސީ: ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައި

ސްޓިންޖާސް ބީސީ: ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައި

ބާރަ ވަނަ ގައުމީ ބާސްކެޓްބޯލް ލީގުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ސްޓިންޖާސް ބީސީއިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ސްޓިންޖާސް ބީސީއިން ހޯދާފައިވަނީ ފަހު މެޗުގައި ކްލަބް އެޗްޑީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު ސްޓިންޖާސްއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 67 ޕޮއިންޓް 63 ޕޮއިންޓް އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް އެޗްޑީސީގެ ޖާޒީ ނަމްބަރު 5، އިސްމާއިލް ޝިހާމް އެވެ.

އުއްމީދީ ޒުވާން ގިނަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްޓިންޖާސްއިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު އަށް މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. އެ ޓީމުނެ 16 ޕޮއިންޓް ހޯދާފައިވާއިރު މިމުބާރާތުގެ ދެވަނައަށް ދިޔަ ކްލަބް އެޗްޑީސީއަށް ލިބިފައިވަނީ 13 ޕޮއިންޓްއެވެ. އަދި ތިންވަނައިގައި އޮތް އެލްކިއު ސްޕޯޓްސްއަށް 12 ޕޮއިންޓް ލިބިފައިވާއިރު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ރެޑްވިންގްސް ބީސީއެވެ. މި މުބާރާތުގެ ޕޮއިންޓް ތާވަލުގެ ފުލުގައި އަށް ޕޮއިންޓާއެކު އޮތީ ކީން ސްޕޯޓްސް ކްލަބެވެ. މުޅު މުބާރާތުގައި ވެސް 629 ޕޮއިންޓާއެކު އެންމެ ގިނަ ޕޮއިންޓް އެއްކުރީ ވެސް ސްޓިންޖާސް ބީސީއިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް އެޗްޑީސީގެ ޖާޒީ ނަމްބަރު 4، ޝިރުފާން އަހުމަދު އެވެ. މު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެލްކިއު ސްޕޯޓްސްގެ ޖާޒީ ނަމްބަރު 10، އަހުމަދު ނާއިފް ރަޝީދްއާއި ރެޑްވިންގްސް ބީސީގެ ޖާޒީ ނަމްބަރު 15، އަހުމަދު ޔާފިއު ރަޝީދުއާއި ހަމަ އެ ޓީމުގެ ޖާޒީ ނަމްބަރު 11 މުހައްމަދު އަޝްމަލް އަހުމަދުގެ އިތުރުން ސްޓިންޖާސްގެ ޖާޒީ ނަމްބަރު 14، މުހައްމަދު ޝައުފް މިންތާޒްގެ އިތުރުން ހަމަ އެ ޓީމުގެ ޖާޒީ ނަމްބަރު 8، މުހައްމަދު ސަބީހު ތައުފީގު އެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި މި އަހަރު ބައިވެރިވީ ފަސް ޓީމަކުންނެވެ. އެއީ އެލްކިއު ސްޕޯޓްސް، ކީން ސްޕޯޓްސް، ކްލަބް އެޗްޑީސީ، ރެޑްވިންގްސް ބީސީގެ އިތުރުން ސްޓިންޖާސް ބީސީއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް