Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯމިއުލާ ވަން

ފޯމިއުލާ ވަން ޗެމްޕިއަންކަން ހެމިލްޓަން ހޯދައިފި

30 އޮކްޓޯބަރު 2017 | ހޯމަ 07:35

ހެމިލްޓަން ފޯމިއުލާ ވަންގެ މި ސީޒަނުގެ ޗެމްޕިއަންކަން ކަށަވަރުކުރީ 333 ޕޮއިންޓާއެކު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 އޮކްޓޯބަރު 2017 | ހޯމަ 07:35
ހަތަރު ވަނަ ފަހަރަށް ފޯމއިުލާ ވަންގެ ޗެމްޕިއަންކަން ހޯދުމަށްފަހު ހެމިލްޓަން އިނގިރޭސިވިލާތުގެ ދިދަ ހިފަހައްޓައިގެން

ހަތަރު ވަނަ ފަހަރަށް ފޯމއިުލާ ވަންގެ ޗެމްޕިއަންކަން ހޯދުމަށްފަހު ހެމިލްޓަން އިނގިރޭސިވިލާތުގެ ދިދަ ހިފަހައްޓައިގެން

ފޯމިއުލާ ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން އިނގިރޭސިވިލާތުގެ ލުއިސް ހެމިލްޓަން ހޯދައިފިއެވެ.

މި ސީޒަނުގެ ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހެމިލްޓަން ކަށަވަރުކުރީ މެކްސިކޯގެ "އޮޓޯޑްރޯމް ހަރްމާނޯ ރޮޑްރިގޭސް" ސާކިޓްގައި ބޭއްވި މެކްސިކޯ ޖީޕީގެ ނުވަ ވަނަ ހޯދައިގެންނެވެ. އޭނާއަށް ޗެމްޕިއަންކަން ޔަގީންވީ ދެވަނައިގައި އޮތް ފެރާރީގެ ސެބެސްޓިއަން ވެޓެލްއަށް ބާކީ އޮތް ދެ ރޭސް ކާމިޔާބުކުރި ނަމަވެސް އޭނާއާ އެއް އަދަދަކަށް ޕޮއިންޓް ނުލިބޭނެ ކަން ޔަގީންވީމައެވެ.

އާދިއްތަ ދުވަހު ބޭއްވި މެކްސިކޯގައި ބޭއްވި 71 ލެޕުގެ މި ރޭހުން އެއްވަނަ ހޯދީ ރެޑްބުލް ރޭސިންގެ މެކްސް ވާސްޓެޕަންއެވެ. އޭނާ މި ރޭސް ނިންމާފައިވަނީ އެއް ގަޑިއިރާ 36 މިނެޓުންނެވެ. ދެވަނައަށް ރޭސް ނިންމި މާސިޑީސްގެ ވަލްޓޭރީ ބޯޓާސް ރޭސް ނިންމާފައިވަނީ ވާސްޓެޕަންއަށްވުރެ 19.67 ސިކުންތު ލަހުންނެވެ. އަދި ތިންވަނައަށް ރޭސް ނިންމި ފެރާރީގެ ކިމީ ރައިކޮނެންއަށް ރޭސް ނިންމާލެވުނީ ވާސްޓެޕަންއަށްވުރެ 54 ސިކުންތު ލަހުންނެވެ.

މުޅި ސީޒަނުގައި ވެސް ހެމިލްޓަންއާ އެންމެ ވާދަކުރި ފެރާރީގެ ސެބެސްޓިއަން ވެޓެލް ހަތަރު ވަނައިގައި އޮވެގެން ރޭސް ނިންމާލިއިރު ހެމިލްޓަން ރޭސް ނިންމާލީ ނުވަ ވަނައިގައި އޮވެގެންނެވެ.

ރޭސް ނިންމާލުމަށްފަހު ވާހަކަ ދައްކަމުން ހެމިލްޓަން ބުނެފައިވަނީ އެނާއަށް ޗެމްޕިއަންކަން ލިބޭނެ ކަމުގެ އުއްމީދު އަބަދުވެސް އޮތް ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރީ ޗެމްޕިއަނަކަށް ވުމަށް ކަމަށެވެ. ހަމައެހެންމެ ފާއިތުވެދިޔަ ފަސް އަހަރު ތެރޭ އޭނާގެ ޓީމު ކަމަށްވާ މާސިޑީސް ރޭސިންގެ ފަރާތުން އެއްވެސް މައްސަލައެއް ފެނިފައި ނުވާ ކަމަށާއި އެ ޓީމުގެ ޑްރައިވަރަކަށް ވުމަކީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް ހެމިލްޓަން ބުނެފައިވެއެވެ. އެނާ ވަނީ އޭނާގެ އާއިލާއަށާއި ރައްޓެހިންގެ އިތުރުން ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ހެމިލްޓަން ފޯމިއުލާ ވަންގެ މި ސީޒަނުގެ ޗެމްޕިއަންކަން ކަށަވަރުކުރީ 333 ޕޮއިންޓާއެކުއެވެ. ފެރާރީގެ ޑްރައިވަރު ވެޓެލް އޮތީ 277 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި 262 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މާސިޑީސްގެ ވަލްޓޭރީ ބޯޓާސްއެވެ.

ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 595 ޕޮއިންޓާއެކު މާސިޑީސް އޮތްއިރު 455 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ފެރާރީއެވެ. އަދި ފެރާރީގެ ފަހަތުން 340 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ރެޑްބުލް ރޭސިންއެވެ. މާސިޑީސް އިން ވަނީ މިއަހަރުގެ ކޮންސްޓްރަކްޓާސް ޗެމްޕިއަންޝިޕް ކަށަވަރު ކޮށްފައެވެ.

މި ސީޒަނުގައި މިހާތަނަށް 9 ރޭސް ހެމިލްޓަން ކާމިޔާބު ކޮށްފައިވާއިރު މިއީ އޭނާ ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ. މި ތައްޓާއެކު ވެޓެލްއާ އެއް އަދަދަކަށް އޭނާ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާއިރު އޭނާއަށްވުރެ ގިނައިން ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާޖެންޓީނަގެ ހުއާން މެނުއެލް ފަންޖިއޯ އާއި ފޯމިއުލާ ވަންގެ އެންމެ ކާމިޔާބު ޑްރައިވަރު މައިކަލް ޝުމޭކާއެވެ. އަދި ހެމިލްޓަން އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެންމެ ކާމިޔާބު ފޯމިއުލާ ވަންގެ ޑްރައިވަރެވެ.

ފޯމިއުލާ ވަންގެ ސީޒަނުގައި ބާކީ ދެ ރޭސް އޮތްއިރު ދެން ރޭހެއް އޮންނާނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ބްރެޒިލްގެ "އޮޓޯޑްރޯމް ހޯސޭ ކާލޯސް ޕޭސް" ސާކިޓްގައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް