Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ބިލްބާއޯ ބަލިކޮށް، ބާސާ އިން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފި

ލީގުގައި ބާސެލޯނާ ކުޅުނު 10 މެޗުން ނުވަ މެޗު ކާމިޔާބުކުރިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2017 | އާދީއްތަ 04:18
ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ، އެތުލެޓިކް ބިލްބާއޯގެ މައްޗަަށް ކުރި ހޯދައިދެނީ. މިއީ ލީގުގައި މެސީ ޖެހި 12 ވަނަ ލަނޑު

ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ، އެތުލެޓިކް ބިލްބާއޯގެ މައްޗަަށް ކުރި ހޯދައިދެނީ. މިއީ ލީގުގައި މެސީ ޖެހި 12 ވަނަ ލަނޑު

ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ އާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ބާސެލޯނާ އިން ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ.

މިމެޗުގެ 36 ވަނަ މިނިޓުގައި ބާސާ އަށް ކުރިހޯދައިދިނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އެވެ.

މިނަތީޖާ އާއެކު މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި ބިލްބާއޯ އިން ވަނީ މޮޅު ކުޅުމެއް ދައްކައި، ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

އެގޮތުން ބިލްބާއޯގެ ރައުލް ގާސިއާ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ދަނޑިއަށް އަމާޒުވިއިރު، އެރިޓްޒް އަދޫރިޒް ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު މާކް އަންދްރެ ޓަރ-ސްޓެގަން ވަނީ ދިފާއުކޮށްފައެވެ.

މިމެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ޕައުލީނިއޯ އެވެ.

މިމޮޅާއެކު ލީގު ތާވަލްގެ ކުރީގައިވާ ބާސެލޯނާ އިން މިސީޒަނުގައި ސްޕެނިޝް ލީގުގައި ކުޅުނު 10 މެޗުން ވަނީ 28 ޕޮއިންޓް ހަމަކޮށްފައެވެ. ބާސާ ކުޅުނު 10 މެޗުން 9 މެޗު ކާމިޔާބު ކުރިއިރު، އެއް މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރޭ އަލާވެސްގެ މައްޗަށް ދެ ލަނޑު އެއް ލަނޑުން ކުރިހޯދައިގެން، ވެލެންސިއާ ވެސް ވަނީ ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓާފައެވެ.

މިމެޗުގެ 34 ވަނަ މިނިޓުގައި ވެލެންސިއާ އަށް ކުރިހޯދައިދިނީ ސިމޯން ޒަޒާ އެވެ. 49 ވަނަ މިނިޓުގައި އެލެކްސިސް ޖަހައިދިން ލަނޑުން އަލާވެސް އިން ނަތީޖާ ހަމަހަމަކުރިއިރު، 66 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ވެލެންސިއާ އަށް ދެވަނަ ފަހަރަށް ކުރިހޯޑައިދިނީ ރޮޑްރިގޯ އެވެ.

މިމޮޅާއެކު 10 މެޗުން 24 ޕޮއިންޓް ހަމަކޮށްގެން ވެލެންސިއާ އޮތީ ތާވަލްގެ ދެވަނާގައެވެ. ވެލެންސިއާ ވެސް މިސީޒަނުގައި ސްޕެނިޝް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލް ކުޅުނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގެ 61 ވަނަ މިނިޓުގައި އެތުލެޓިކޯ އަށް ކުރިހޯދައިދިނީ އެންޚެލް ކޮއްރެއާ އެވެ. މެޗު ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ވިޔަރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކާލޯސް ބައްކާ އެވެ.

މިނަތީޖާއާއެކު އެތުލެޓިކޯ މެޑްރިޑް އޮތީ 10 މެޗުން 20 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނާގައެވެ. އެތުލެޓިކޯ އަށްވުރެ އެއް މެޗު މަދުން ކުޅެގެން ތާވަލްގެ ތިންވަނާގައިވާ ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 20 ޕޮއިންޓެވެ.

ސްޕެނިޝް ލީގުގައި ލެގާނޭސްގެ މައްޗަށް ސެވިއްޔާ ކުރިހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ.

ލީގުގައި އާދީއްތަ ދުވަހު ގެޓާފޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ރެއާލް ސޮސިއަޑަޑް ނުކުންނައިރު، ރަށުން ބޭރުގައި ޗެމްޕިއަން ރެއާލް މެޑްރިޑް ނުކުންނާނީ ޖިރޫނާ އާއި ދެކޮޅަށެވެ. އަދި ރަށުން ބޭރުގައި ލެވަންޓޭ ނުކުންނާނީ އެއިބާ އާއި ދެކޮޅަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު