Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑަބްލިއުޓީއޭ ފައިނަލްސް

ޑަބްލިއުޓީއޭ ފައިނަލްސް: ސެމީގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެ

ފުރަތަމަ މެޗުގައި ކެރޮލައިން ގާސިއާ ނުކުންނާނީ ވީނަސް ވިލިއަމްސްއާ ދެކޮޅަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2017 | ހޮނިހިރު 09:51
ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާ ޕްލިސްކޯވާ އާއި ވޮޒްނިއާކީ

ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާ ޕްލިސްކޯވާ އާއި ވޮޒްނިއާކީ

ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ޑަބްލިއުޓީއޭ ފައިނަލްސްގެ ސެމީ ފައިނަލުގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

މިމުބާރާތުގެ ރައުންޑް ރޮބިންގެ ކުޅުމުގެ ފަހު ދުވަހާ ހަމަޔަށް ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުޅުންތެރިޔެކެވެ. އެގޮތުން ފުރަތަމަ ގްރޫޕުން ސެމީގެ ޖާގަ ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާ ހޯދިއިރު ދެވަނަ ގްރޫޕުން ސެމީއަށް ދަތުރުކުރީ ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީއެވެ.

ފުރަތަމަ ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ފަހު ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް ވީނަސް ވިލިއަމްސް ވަނީ ކަށަވަރު ކޮށްފައެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަހަރުގެ ވިމްބެލްޑަން މުބާރާތް ކާމިޔާބުކުރި ގާބައިން މުގުރްޒާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މިމެޗުގެ ސެޓުތައް ވީނަސް ގެންގޮސްފައިވަނީ 7-5 އަދި 6-4 އަކުންނެވެ. މިއަހަރުގެ ވިމްބެލްޑަން ފައިނަލުގައި ވީނަސް ވަނީ މުގުރްޒާ އަތުން ބަލިވެފައެވެ. މިއީ ވީނަސްގެ ކެރިއަރުގައި އޭނާ ޑަބްލިއުޓީއޭ ފައިނަލްސް މުބާރާތުގެ ސެމީގައި ވާދަކުރާ ފަސް ވަނަ ފަހަރެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޖެލޭނާ އޮސްޓަޕެންކޯ ވަނީ ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އޮސްޓަޕެންކޯ ގެންގޮސްފައިވަނީ 6-3 އަދި 6-1 އަކުންނެވެ. މި މެޗުން ބަލިވި ނަމަވެސް އޮސްޓަޕެންކޯއަށް ވަނީ ގްރޫޕުގެ ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފައިވާތީ ސެމީގެ ޖާގައެއް މި މެޗަށް ނުކުތުމުގެ ކުރިން ވެސް ކަށަވަރުވެފައެވެ. އަދި މި މުބާރާތް ޕްލިސްކޯވާ ކާމިޔާބު ކޮށްފި ނަމަ އޭނާއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބޭނެއެވެ.

މި މުބާރާތުގެ ސެމީގެ ފަހު ޖާގަ ކަށަވަރު ކޮށްފައިވަނީ ފްރާންސްގެ ކެރޮލައިން ގާސިއާއެވެ. އެގޮތުން ދެވަނަ ގްރޫޕުގެ ރައުންޑް ރޮބިން ފަހު މެޗުގައި އޭނާ ވަނީ ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީ ދެ ސެޓު އެއް ސެޓުން ބަލިކޮށްފައެވެ. މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވާ ވޮޒްނިއާކީ ފުރަތަމަ ސެޓު 6-0 އަކުން ގެންދިޔަ ނަމަވެސް ގާސިއާ ވަނީ ފަހު ދެ ސެޓު 6-3 އަދި 7-5 އަކުން ގެންގޮސް ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ވަނީ ސީދާ ދެ ސެޓުން ޔޫކްރެއިންގެ އެލީނާ ސްވިޓްލޯނާ އަތުން ބަލިވެ މި މުބާރާތުން ކަޓާފައެވެ. ސްވިޓްލޯނާ މި މުބާރާތުގެ ސެޓުތަށް ގެންގޮސްފައިވަނީ 6-3 އަދި 6-4 އަކުންނެވެ. މި މެޗުން ބަލިވުމާއެކު ހޭލެޕްއަށް ދުނިޔޭގެ ރޭންކިންގެ އެއްވަން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.

ސެމީގެ ފުރަތަމަ މެޗުގައި އަށް ވަނައަށް ސީޑު ކުރެވިފައިވާ ކެރޮލައިން ގާސިއާ ނުކުންނާނީ ވީނަސް ވިލިއަމްސްއާ ދެކޮޅަށެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ކެރޮލައިން ޕްލިސްކޯވާ ނުކުންނާނީ ކެރޮލައިން ވޮޒްނިއާކީއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު