Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޑަމްގެ ބަށި މުބާރާތް

ގަލޮޅު ދަނޑުގައި ފަސްޓް ލޭޑީގެ ބަށި މުބާރާތް ބޭއްވީތީ ނިއުރޭޑިއެންޓް ކުރީގެ ޗެއާރމަން އަލީ ވަހީދު ފާޑު ވިދާޅުވެއްޖެ

ގަލޮޅު ދަނޑުގެ ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުންވެސް ގިނަ ވަގުތަކަށް މަނާކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2017 | ހޮނިހިރު 11:18
ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާރމަން އަލީ ވަހީދު

ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާރމަން އަލީ ވަހީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިންތިޒާމުކޮށްގެން ބާއްވާ "ފަސްޓްލޭޑީ ބަށި ޗެލެންޖް" ގެ ފައިނަލް މެޗު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާފައިވާތީ ނިއުރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަލީ ވަހީދު އެފްއޭއެމަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގަލޮޅު ދަނޑުގައި ބަށިކުޅެ، ރިހާކުރު ކައްކާ، އެފްއޭއެމް އިމާރާތުގައި ސިޔާސީ އޮފީސް ހިންގަން ޖާގަދީފި ކަމަށެވެ. އެ ޓްވީޓާއެކު އަލީ ވަހީދު ވަނީ، ފުޓުބޯޅަ ކުރި ނާރަނީ ކީއްވެތޯ އެފްއޭއެމަށް ސުވާލެއްވެސް އަމާޒު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

އަލީ ވަހީދު އެ ޓްވީޓް ކުރެއްވިއިރު، ބައިނަލް އަގްވާމީ ފުޓް ބޯޅަ މެޗްތައް ކުޅެވެން އޮތް ހަމައެކަނި ދަނޑަކީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑެވެ. މިނިވަން ދުވަހުެގ އިވެންޓެއް ގަލޮޅު ދަނޑުގައި ބޭއްވި ނަމަވެސް މިފަހުން ފުޓް ބޯޅަ ފިޔަވާ އެހެން ހަރަކާތެއް އެ ދަނޑުގައި ބާއްވާފައެއް ނުވެއެެވެ. މީގެ ކުރިން ކްރިކެޓް ކުޅުނު ނަމަވެސް މިހާރު ކްރިކެޓެއްވެސް ގަޅޮޅު ދަނޑުގައެއް ނުކުޅެއެވެ.

މިއީ ފަސްލޭޑީއެއްގެ ހަރަކާތަކަށް ގަލޮޅު ދަނޑު ދޫކުރި ފުރަތަމަ ފަހަރެވެ. އަދި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބަށި މުބާރާތެއްގެ ފައިނަލް މެޗް ކުޅެވި، ނިންމުމުގެ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

ފަސްޓްލޭޑީ ފާތުމަތުގެ ބަށި ބޯޅަ މުބާރާތަށް ގަލޮޅު ގަނޑު ހިމެނޭ ބައެއް ސަރަހައްދުތަކުގެ ޕާކިން ޒޯންތަކުގައި ޕާކުކުރުން މަނާކުރުމާއި ގުޅިގެން އެސަރަހައްދުގެ އައްމު ބައެއް ރައްޔިތުންގެ ފަޑުކިޔުންތައް ވެސް ވަނީ މިސަރުކާރަށާއި އެފްއޭއެމަށް އަދި މެޑަމް ފާތުންއަށް އަމާޒު ވެފަ އެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2018

ފަސްޓް ލޭޑީ ފާތުން ތ. އަތޮޅަށް!

26 އެޕްރީލު 2018
ފަސްޓް ލޭޑީ ފާތުން ތ. އަތޮޅަށް!
16 ޖެނުއަރީ 2018

ޚަބަރެއް ހަދާލަން ފަސްޓްލޭޑީ ފާތުމަތު އިބްރާހިމް ޕްރިންސިޕަލުންނާ ބައްދަލުކުރެއްވުން ކުށްވެރިކުރަން: ޝިފާ

16 ޖެނުއަރީ 2018
ޚަބަރެއް ހަދާލަން ފަސްޓްލޭޑީ ފާތުމަތު އިބްރާހިމް ޕްރިންސިޕަލުންނާ ބައްދަލުކުރެއްވުން ކުށްވެރިކުރަން: ޝިފާ
10 ޖެނުއަރީ 2018

ދަތިތައް އޮޅުން ފިލުއްވަން ފަސްޓް ލޭޑީ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައިފި

10 ޖެނުއަރީ 2018
ދަތިތައް އޮޅުން ފިލުއްވަން ފަސްޓް ލޭޑީ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައިފި
04 ޖެނުއަރީ 2018

ފަސްޓް ލޭޑީ ކުރައްވާ ކަމަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެދުން: ސިޔާމް

04 ޖެނުއަރީ 2018
ފަސްޓް ލޭޑީ ކުރައްވާ ކަމަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެދުން: ސިޔާމް
27 ޑިސެމްބަރު 2017

"އިންޑިއާ ފަސްޓް"އޭ ވިދާޅުވިޔަސް، ރައީސް ޔާމީންގެ ވާހަކަތަކަކީ ހުސް ވާހަކަތަކެއް: މުހައްލިލުން

27 ޑިސެމްބަރު 2017
"އިންޑިއާ ފަސްޓް"އޭ ވިދާޅުވިޔަސް، ރައީސް ޔާމީންގެ ވާހަކަތަކަކީ ހުސް ވާހަކަތަކެއް: މުހައްލިލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު