Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ޖޫރިމަނާ ކުރުން

އަޅުގަނޑު ދެއްކި ވާހަކަ ބްރޯޑްކޮމް އިން ވަނީ އޮޅުވާލާފައި: މުސްތަފާ

26 އޮކްޓޯބަރު 2017 | ބުރާސްފަތި 17:28

މި މައްސަލައާ ގުޅިގެން ސިޕީޖޭއަށް އިންޓަވިއު ދެއްވަން ތައްޔާރަަަށް ހުންނެވި ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 17:28
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ރާއްޖެޓީވީ ޖޫރިމަނާ ކުރީ ދެއްކި ވާހަކަ ބްރޮޑްކޮމް އިން ގަސްތުގައި އޮޅުވާލައިގެން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި މެމްބަރު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރާއްޖެޓވީވީ ޖޫރިމަނާކުރި ކުރުން ކުށްވެރިކޮށް ނެރުނު ބަޔާނާ ހަވާލާދީ، މުސްތަފާ ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖެޓީވީ ޖޫރިމަނާ ކުރީ ރަނގަޅަށް ބަލަން ޖެހޭ ވަރަށް ނުބަލާ ކަމަށާއި އޭނާ ދެއްކެވި ވާހަކަތައް ވެސް ބްރޯޑްކޮމް އިން އޮޅުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަބުރުގެ ގާނޫނުގެ ދަށުން ކަމަށް ބުނެ، ބްރޯޑްކޮމްއިން ތަކުރާރުކޮށް ބޮޑެތި އަދަދުތަކުން ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދަނީ މިނިވަން މީޑިއާއެއްގެ އަޑު ކަނޑުވާލުމަށްޓަކައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގަނޫނު އަސާސީއާ ޚިލާފު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

"ދެމުންދާ ހަމަލާތަކުންނާއި، ކުރަމުންދާ ޖޫރިމަނާތަކަކީ، މީޑިއާއެއް ނައްތާލުމަށް ރައީސް ޔާމީން ކުރަމުންދާ މަސައްކަތުގެ ހެއްކެއް،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ސީޕީޖޭއަށް ޓެގްކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލައާ ގުޅިގެން ސިޕީޖޭއަށް އިންޓަވިއު ދެއްވަން ތައްޔާރަަަށް ހުންނެވި ކަމަށެވެ.

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިކަން އަންގާ ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ މިޖޫރިމަނާކޮށްފައި ފަނީ މެމްބަރު މުސްތަފާ "ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކަވާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިއު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫެރިއްޔާގެ ޤާނޫން އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް" ކަމަށް ބުނެ ހުށެހެޅިފައިވާ މައްސަލައެއް ބެލުމަށްފަހުގައި ކަމަށެވެ.

މިމައްސަލައިގައި ޖަވާބުދާރީވަމުން ރާއްޖެ ޓީވީއިން ވަނީ މިމައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި މެމްބަރު މުސްތަފާގެ ވާހަކަފުޅުން 3 ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ޓްރާންސްކްރިޕްޓްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަށް ނޫން ކަމަށާއި، މީހަކު ދެއްކި ވާހަކައެއް ދެއްކި ގޮތަށް ލިޔާނަމަ އޮންނަންވާނީ ދެއްކި ޢިބާރާތުން ބަހުން ބަހަށް ކަމަށާއި، މީހަކު ދެއްކި ވާހަކައެއް އަމިއްލައަށް ދޭހަވިގޮތަށް ތަރުޖަމާކޮށްގެން ލިޔާނަމަ، އޭގައި އޮންނާނީ އަމިއްލަ ރަޢުޔުކަމަށްވާތީ، ރާއްޖެ ޓީވީއިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ދެއްކި ވާހަކަ އޮޅުވާލައި، އުނި އިތުރު ގެނެސްފައިވާކަން ފާހަގަކޮށްފައެވެ.

.@pressfreedom Re: https://cpj.org/x/6eb8 - @Raajje_tv was fined, by deliberately misinterpreting my statements made on the network. 5/6.@pressfreedom Re: https://cpj.org/x/6eb8 - Pres. Yameen aims to eliminate free media; attacks/fines on @Raajje_tv are proof enough. 3/6.@pressfreedom Re: https://cpj.org/x/6eb8 - Pres. Yameen is by far the most brutal & corrupt Dictator ever seen in Maldives history. 2/6

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް