Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީއޭ ދެވަނަ ޑިވިޝަން

އެމްބީއޭ ދެވަނަ ޑިވިޝަން: ސްޓިންޖާސް ހުއްޓުވޭނެ ޓީމެއް ނެތް

26 އޮކްޓޯބަރު 2017 | ބުރާސްފަތި 11:03

ސްޓިންޖާސްއިން ވަނީ ކީން ސްޕޯޓްސް 122 ޕޮއިންޓް 45 ޕޮއިންޓް އިން ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 11:03
ސްޓިންޖާސް ކުޅުނު މެޗެއްގެ ތެރެއިން

ސްޓިންޖާސް ކުޅުނު މެޗެއްގެ ތެރެއިން

ބާރަ ވަނަ ގައުމީ ބާސްކެޓްބޯލް ލީގުގެ ދެވަނަ ޑިވިޝަނުގައި ސްޓިންޖާސް ކުޅުނު މެޗު އެ ޓީމުން އަނެއްކާ ވެސް ކާމިޔާބު ކުރިއިރު އެޗްޑީސީ ވެސް މޮޅުވެއްޖެއެވެ.

މިހާތަނަށް މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ވެސް ސްޓިންޖާސްއިން ކާމިޔާބު ކޮށްފައިވާއިރު އެ ޓީމުން ވަނީ ކީން ސްޕޯޓްސް 122 ޕޮއިންޓް 45 ޕޮއިންޓް އިން ބަލިކޮށްފައެވެ. ސްޓިންޖާސްގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެ ޓީމުގެ ޖާޒީ ނަމްބަރު 6، އައިހަމް އަބްދުލް ހަމީދްއެވެ.

އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް 28 ޕޮއިންޓާއެކު ހޯދައިދީފައި ވަނީ ވެސް އޭނާއެވެ. މި މެޗުގައި ކީން ސްޕޯޓްސްއަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ކުޅުންތެރިޔަކީ އެ ޓީމުގެ ޖާޒީ ނަމްބަރު 7، މުހައްމަދު ޖިނާން އަބްދުﷲ އެވެ. މި މެޗުގައި އޭނާ ވަނީ އެ ޓީމަށް 11 ޕޮއިންޓް އެއްކޮށްދީފައެވެ.

މި މުބާރާތުގައި ސްޓިންޖާސްއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ އެއް ޓީމު ކަމަށްވާ ކްލަބް އެޗްޑީސީއިން ވަނީ 73 ޕޮއިންޓް 69 ޕޮއިންޓްއިން ރެޑްވިންގްސް ބީސީ ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރެޑްވިންގްސް ބީސީގެ ޖާޒީ ނަމްބަރު 15 އާދަމް ޔާފިއު އިބްރާހިމްއެވެ. މި މެޗުގައި 23 ޕޮއިންޓާއެކު އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ވެސް ޔާފިއުއެވެ. ކްލަބް އެޗްޑީސީއަށް 22 ޕޮއިންޓާއެކު އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 12 އާސިފް އިބްރާހިމްއެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފަށާފައިވާއިރު މުބާރާތުގެ ކުޅުންތެރިންގެ ރޭންކިންގައި މިހާތަނަށް ގަދަ ފަހެއްގައި ހިމެނިފައިވާ ކުޅުންތެރިންނަކީ އެލްކިއު ސްޕޯޓްސްގެ އަހުމަދު ނާއިފް ރަޝީދްއާ ކްލަބް އެޗްޑީސީގެ ޝިރުފާން އަހުމަދުއާ ސްޓިންޖާސް ބީސީގެ މުހައްމަދު ޝައުފް މިންތާޒްއާ، ހަމަ އެ ޓީމުގެ މުހައްމަދު ސަބީހު ތައުފީގުގެ އިތުރުން އެޗްޑީސީގެ އާސިފް އިބްރާހިމްއެވެ.

މިހާތަނަށް މުޅި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހަމަކޮށްފައިވަނީ ސްޓިންޖާސްގެ ޝައުފްއެވެ. އޭނާ ވަނީ އެ ޓީމަށް 112 ޕޮއިންޓް ހަމަކޮށްދީފައެވެ. ހަމައެހެންމެ 38 އެސިސްޓާއެކީ މުޅި މުބާރާތުގެ އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔަކީ ސްޓިންޖާސްގެ ސަބީހުއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި މި އަހަރު ބައިވެރިވެފައި ވަނީ ފަސް ޓީމަކުންނެވެ. އެއީ އެލްކިއު ސްޕޯޓްސް، ކީން ސްޕޯޓްސް، ކްލަބް އެޗްޑީސީ، ރެޑްވިންގްސް ބީސީގެ އިތުރުން ސްޓިންޖާސް ބީސީއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް