Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި އެއާޕޯޓް

ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރަކޮށްފި

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެކިއެކި ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބެ މުޒާހަރާކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 09:55
ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރާކުރަނީ

ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރާކުރަނީ

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އެންވަޔަރަމެންޓް މިނިސްޓްރީ ކުރިމަތީގައި މުޒާހަރަ ކޮށްފިއެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެކިއެކި ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބެ ކުޅުދުއްފުށި އެއާޕޯޓް ހެދުމަށް އެ ރަށުގެ ކުޅި ހިއްކުމާއި ދެކޮޅަށް އަޑުއުފުލާފައެވެ. މިކަމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުން ބުނެފައި ވަނީ އެއާޕޯޓެއް ހެދުމަށްޓަކާ ކުޅުދުއްފުށީގެ ކުޅި ހިއްކުމަކީ ތިމާވެއްޓަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެކަމުގެ ސަބަބުން މުސްތަގުބަލުގައި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެ ބޭފުޅުން ބުނެފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި އެހެނަސް އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއާ ބައްދަލުކުރުމަށް މިއަދު އެދިފައިވާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ކުރިޔަސް މިފަދަ އަމަލުތަކަކީ ގޯސް އަމަލުތަކެއް ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެފަރާތްތަކުން ވަނީ ކުޅުދުއްފުށި ކުޅި ހިމާޔަތްކުރުމަކީ ހުރިހާ ފަރާތްތަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުގައި ހުރިހާ ފަރާތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ބުނެފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން އެ ރަށުގެ ކުޅި ހިއްކުމަށް ނިންމާފައިވާއިރު އެ ރަށުގެ ކުޅިއަކީ ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅިއެވެ. އަދި ބައިނަލްލަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އައި.ޔޫ.ސީ.އެން އިން ނެތިހިނގައިދާނެ ކަމުގު ބިރު ފާހަގަކުރާ ލިސްޓުގައި ހިމެނޭ 8 ބާވަތެއްގެ ގަސް އެ ކުޅީގައި ހުރެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކުޅިއަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުން ހިޖުރަކުރާ ދޫނީގެ މަންޒިލެކެވެ. ހަމައެހެންމެ އެ ކުޅިއަކީ ޒަމާނުއްސުރެ އެރަށުގެ އަންހެންނުން ބޮނބިފާކޮށް ރޯނުވެށުމާއި ބުރެވިކޮށުމުގެ ތިމާވެއްޓާއި ރައްޓެހި އަގުހުރި މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުންދާ ތަނެކެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު އެމްޓީސީސީއިން އަލަށް ގެނައި ޑްރެޖަރު (މަހާ ޖައްރާފު) ވަނީ އެ ރަށުގެ ކުޅި ހިއްކުން ފެށުމަށްޓަކާ އެ ރަށުގައި ބަދަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު