Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބ. ކަމަދޫ

ތެޔޮވަހާހެދި ކަމަދޫ ސްކޫލް ބަންދު ކޮށްފި

މުޅި ކަމަދޫއަށް ތެލުގެ ވަސްގަނޑު، ގެއިން ބޭރަށް ނިކުމެވޭވަރެއް ނޫން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 09:19
ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް

ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް

ބ. ކެންދޫ ފަޅުތެރޭގައި އޮއްވާ އަލިފާން ރޯވި ތެޔޮ ބޯޓް، އެއަތޮޅު ކަމަދޫ ފަރަށް އެރުމާއި ގުޅިގެން، ތެލުގެ ވަހާ ހެދި އެ ރަށު ސްކޫލް ވެސް ބަންދު ކުރަންޖެހިއްޖެ އެވެ.

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މީގެ ތިން ދުވަސް ކުރިން އެރަށު ފަރަށް އެރި ތެޔޮ ބޯޓުން ތެޔޮ ލީކުވެ، އަދި ތެލުގެ ވަސް މުޅި ރަށުތެރޭގައި ފެތުރިފައި ވާތީ ރަށަށް ވަރަށް ބޮޑު ނުރައްކަލަކާއި ދަތިތަކެއް ވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ސާޖިދު ވިދާޅުވީ ރަށު ތެރޭގައި ތެލުގެވަސް ގަދަކަމުން ބުރާސްފަތި ދުވަހުގެ 11:30 އިން ފެށިގެން ކަމަދޫ ސްކޫލް ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މުޅި ރަށުތެރޭގައި ތެލުގެ ވަސް ވަރަށްގަދަ ކަމަށާއި އެކަމާހެދި ރައްޔިތުންނަށް ގެއިން ބޭރަށް ނިކުތުމަށް ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށެވެ.

ސާޖިދު ވިދާޅުވީ ތެޔޮ ވަސް ގަދަކަމުން ބައެއް މީހުން ބޮލަށް އެނބުރުން އަރާގޮތް ވެސް ވެފައިވާ ކަމަށެވެ.

ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް

މީގެއިތުރުން ސާޖިދު ވިދާޅުވީ އެ ސަރަހައްދަކީ ބ. އަތޮޅުގައި އޮންނަ ބަޔޯސްފިޔާ ރިޒާރވް އޮންނަ ސަރަހައްދުކަމުން ތެލުގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށެވެ.

ކަމަދޫ ކައިރިގައި އޮންނަ މިލާދޫ ރިސޯޓުންނާއި ފޯސީޒަން ލަނޑާގިރާވަރުން ރިސޯޓުން ވެސް އެ ރިސޯޓްތަކުގެ ފަޅު ތެރޭގައި ތެލުގެ އަސަރު ހުރުމުން ވެގެން އުޅޭގޮތް ކަމަދޫއަށް ގުޅައިގެން އޮޅުން ފިލުވާފައިވާ ކަމަށެވެ.

ސާޖިދު ވިދާޅުވީ އެ ތެޔޮ ބޯޓު ކައިރީގައި އެމްއެންޑީއެެފްގެ ކޯސްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށާއި ނަމަވެސް އަދި ފުން ކުރެވިފައި ނުވާ ކަމަށެވެ. ނަަމަވެސް ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސާޖިދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްއެންޑިއެފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ސާޖިދު ވިދާޅުވީ އެއީ ކެންދޫ ފަޅުގައި އޮއްވާ ރޯވި ތެޔޮ ބޯޓް ކަމަށާއި އެ ބޯޓު އެހެންތަނަކަށް ގެންދިއުމުގެ ތެރޭގައި ކަމަދޫ ފަރަށް އެރީ ކަމަށެވެ.

ބ. ކެންދޫ ފަރަށް އެރި ތެޔޮ ބޯޓް

އެ ބޯޓަކީ "ޔޫ ފިލް" ނަމަކަށް ކިޔާ ކުންފުންޏެއްގެ "ގަލްފު" ނަމަކަށް ކިޔާ ތެޔޮ ބޯޓެކެވެ. ކެންދޫ ފަޅުގައި އޮއްވާ އެބޯޓުގައި ރޯވުމާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައި ވަނީ އެ ބޯޓުން ތެޔޮ ލީކުވަމުން ދާތީ، ޑައިވަރުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ސްޕީޑުގައި އެކަން ނުކުރެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އަޑިޔަށް ދިޔަ ތެޔޮ ބޯޓުން ލީކުވަނީ ޕެޓްރޯލް ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި މިހާދިސާގެ މައުލޫމާތު އޮކްޓޯބަރު 20 ވަނަ ދުވަހު 09:35 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. ނައިފަރު ފަޔަރ ސްޓޭޝަން ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވި ކަމަށް ބުނެފައެވެ. މިހާދިސާ ހިނގިއިރު އެބޯޓްގައި ތިބީ ދެ ދިވެއްސަކާއި ބަންގްލަދޭޝް މީހަކާއެކު ޖުމްލަ ތިން މީހުންނެވެ. މިހާދިސާގައި ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހާއަށް ވަނީ އަނިޔާވެފައެވެ. މިގޮތުން އޭނާގެ ހަށިގަނޑުގެ 40 ޕަސެންޓް ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ކެންދޫ ބީޗްގައި ހުރި ފީފާތަކަށް ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. މިބޯޓްގައި ޖުމްލަ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލް ހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު