Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

24 އޮކްޓޯބަރު 2017 | އަންގާރަ 09:15

ސަރުކާރުން ހުށަހަޅާފައިވަނީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އޮކްޓޯބަރު 2017 | އަންގާރަ 09:15
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ

އަހަރު ނިމެން ދެ މަސްދުވަހަށް ކައިރިވެފައިވަނިކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް މެމްބަރުން ބަހުސް ކުރުމަށް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީވެސް ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން އެކަންޏެވެ.

Advertisement - newsAdvertisement

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވަނީ ހުށަހަޅުއްވައިދެއްވާފަ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓްގައި ޚަރަދުގެ ގޮތުގައި ހިމަނާފައި ވަނީ ސިއްޚީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓް ހިނގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ، ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާއެވެ.

މި ހުށަހެޅުނު ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ބޮޑުބައެއް މިއަހަރު ތެރޭގައި ލިބޭނެކަމަށް ނުފެންނާތީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށްވެސް ސަޕްލިމެންޓަރީ ބަޖެޓްގައި ވަނީ ހުށަހަޅާފައެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން، ރެވެނިއު ސްޓޭމްޕް ގާނޫނު އިސްލާހުކުރަންވެސް ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 22.5 ބިލިއަން ރުފިޔާއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

11 ޖުލައި 2017

ގާނޫނާ ޚިލާފަށް ރައީސް ޔާމީން ރައްޔިތުންގެ މަޖިލިހަށް ހުރަސް އަޅުއްވަފާނެ ކަމާ މެދު އިނގިރޭސި ޕާލިމެންޓުގައި ބަހުސްކޮށްފި

11 ޖުލައި 2017
ގާނޫނާ ޚިލާފަށް ރައީސް ޔާމީން ރައްޔިތުންގެ މަޖިލިހަށް ހުރަސް އަޅުއްވަފާނެ ކަމާ މެދު އިނގިރޭސި ޕާލިމެންޓުގައި ބަހުސްކޮށްފި
07 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި

07 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
24 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި

24 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި
28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް