Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހެރީ ކޭން

މި ސީޒަނުގައި ޓޮޓެންހަމް އަށް ޕްރިމިއާ ލީގު ކާމިޔާބުކުރެވޭނެ: ކޭން

ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާ ބައިވަރު ޓީމުތައް އެބަތިބި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2017 | އަންގާރަ 08:15
ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެރީ

ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހެރީ

މި ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާ އަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެކަމަށް އެޓީމަށް ކުޅެމުން އަންނަ އިންގްލޭންޑްގެ ފޯވާޑް ހެރީ ކޭން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޭން ބުނީ ފާއިތުވެދިޔަ ސީޒަންތަކުގައި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ޓޮޓެންހަމް އަށް ލިބި ބޭކާރުވެފައިވާ ކަމަށެވެ. އެގޮތުން މި ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ އުންމީދެއް ކަމަށް ބުންޏެވެ.

ކޭން ބުނީ ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާ ބައިވަރު ޓީމުތައް އެބަތިބި ކަމަށާއި، ލީގު ކާމިޔާބު ކުރުމަށް ޓޮޓެންހަމް އިން ކުރަންޖެހޭ މަސައްކަތްވެސް ވަރަށް ބުރަ ކަމަށެވެ. އެގޮތުން މި ސީޒަނުގައި ޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކޭން ބުނީ ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް މަސައްކަތް ކުރަން ވަރަށް ބައިވަރު ދުވަސް އެބަ އޮތް ކަމަށެވެ. އޭނާ ބުނީ އުންމީދަކީ ޓޮޓެންހަމް އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކްލަބަށް ހަދައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި ކުރިޔަށް އޮތްތަނުގައި ހިމެނުން ކަމަށެވެ.

އެގޮތުން ކޭން ބުނީ މިހާރު އޮތް ސްކޮޑު އަދި ކޯޗާއެކު އުންމީދު ކުރަމުން އަންނަ ކަންތައްތައް ހާސިލް ކުރެވޭނެކަމަށާއި، އެ ދުވަސް ދެކެން ކެތްމަދުވެފައި ހުރިކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 2020 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމްގައި މަޑުކުރަން ނިންމާފައިވާ ކޭން ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ އަދިވެސް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިން، އިންގްލޭންޑް، ޖަރުމަން، ފްރާންސް، އިޓަލީ އަދި ޗައިނާ ކްލަބްތައް ހިމެނެއެވެ.

އިންގްލޭންޑަށް އުފަން އުމުރުން 23 އަހަރުގެ ކޭން އަކީ ޓޮޓެންހަމްގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 177 މެޗުގައި 112 ލަނޑު ކާމިޔާބު ކޮށްފައެވެ. ޕްރިމިއާ ލީގުގައި ޓޮޓެންހަމް މިހާތަނަށް ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި ޓޮޓެންހަމްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، އެއްވަނައިގައި ޓޮޓެންހަމްއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ހިމެނޭ ޓޮޓެންހަމް އޮތީ ހަތް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި ޓޮޓެންހަމްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ރެއާލްއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު