Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯމިއުލާ ވަން

ފޯމިއުލާ ވަން: ޔޫއެސް ޖީޕީ ކާމިޔާބުކޮށް ހެމިލްޓަން އެއްވަނައިގައި ހަމަޖެހިލައިފި

މި ރޭސް ހެމިލްޓަން ނިންމާފައިވަނީ އެއް ގަޑިއިރާއި 33 މިނެޓުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 އޮކްޓޯބަރު 2017 | ހޯމަ 12:34
ޔޫއެސް ޖީޕީ ކާމިޔާބުކުރުމަށް ފަހު ހެމިލްޓަން އުފާ ފާޅުކުރަނީ

ޔޫއެސް ޖީޕީ ކާމިޔާބުކުރުމަށް ފަހު ހެމިލްޓަން އުފާ ފާޅުކުރަނީ

ފޯމިއުލާ ވަންގެ ޔޫއެސް ގްރޭންޑް ޕްރީ ކާމިޔާބުކޮށް އިނގިރޭސިވިލާތުގެ ލުއިސް ހެމިލްޓަން އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ދެކުނު އޮސްޓިންގައި އޮންނަ "ސާކިޓް އޮފް ދަ އެމެރިކާސް" ގައި ކުރިޔަށް ދިޔަ ރޭސް ހެމިލްޓަން ކާމިޔާބު ކޮށްފައިވަނީ ފެރާރީގެ ދެ ޑްރައިވަރުން ކަމަށްވާ ސެބެސްޓިއަން ވެޓެލް އާއި ކިމީ ރައިކޮނެން ފަހަތަށް ޖައްސާލުމަށް ފަހުއެވެ. މިއީ މި ސީޒަނުގައި ހެމިލްޓަން ކާމިޔާބުކުރި ނުވަ ވަނަ ރޭހަށް ވާއިރު މިހުގެ 29 ވަނަ ދުވަހު މެކްސިކޯގައި އޮންނަ ގްރޭންޑް ޕްރީގައި ނުވަ ޕޮއިންޓް އޭނާ ހޯދައިފި ނަމަ އޭނާއަށް ދުނިޔޭގެ ޗެމްޕިއަންކަން ކަށަވަރު ވެގެންދާނެއެވެ.

ފަންސާސް ހަ ލެޕްގެ މި ރޭސް ހެމިލްޓަން ނިންމާފައިވަނީ އެއް ގަޑިއިރާއި 33 މިނެޓުންނެވެ. އޭނާގެ ފަހަތުން ދެވަނައަށް ނިންމި ފެރާރީގެ ސެބެސްޓިއަން ވެޓެލްއަށް ރޭސް ނިންމާލެވުނީ ހެމިލްޓަންއަށްވުރެ 10.14 ސިކުންތު ލަހުންނެވެ. އަދި ތިންވަނައަށް ރޭސް ނިންމި ފެރާރީގެ ކިމީ ރައިކޮނެންއަށް ރޭސް ނިންމާލެވުނީ ހެމިލްޓަންއަށް ވުރެ 15.77 ސިކުންތު ލަހުންނެވެ. ހެމިލްޓަންގެ މާސިޑީސް ޓީމުގައި ހިމެނޭ ވަލްޓޭރީ ބޯޓާސްއަށް ރޭސް ނިންމާލެވުނީ އޭނާއަށް ވުރެ 35 ސިކުންތު ލަހުންނެވެ.

ރޭސް ނިންމާލުމަށް ފަހު ޕޯޑިއަމްގައި ހުރެ ވާހަކަ ދައްކަމުން ހެމިލްޓަން ބުނެފައި ވަނީ ރޭހުން އެއްވަނަ ލިބުމުން ހައިރާންވާ ކަމަށާއި ވެޓެލްގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދުކުރި ގިނަ ކަންކަން އޭނޭގެ ފަރާތުން ފެނިފައި ނުވާ ކަމަށެވެ. ހެމިލްޓަން އިތުރަށް ބުނެފައިވަނީ ކުރިޔަށްވުރެ މިހާރު މާ ރޭސް ޖަހާ ހިތްވާ ކަމަށާއި ޗެމްޕިއަންކަން ހޯދުމަށް އޮންނަ ޕްރެޝަރަކީ ރޭސްތަކުން އެއްވަނަ ހޯދުމަށް ލިބޭ އިތުރު ބާރެއް ކަމަށެވެ. މިދިޔަ އަހަރު ވެސް ޔޫއެސް ޖީޕީ ކާމިޔާބު ކުރި ހެމިލްޓަން ބުނެފައިވަނީ މި ސާކިޓަކީ އޭނާއަށް އެންމެ ކަމުދާ ސާކިޓް ކަމަށާއި މި ރޭހުން މޮޅުވުމުން ވާ އިހުސާސްތަށް ކިޔައިދޭން ވެސް ނޭނގޭ ކަމަށެވެ.

މި މޮޅާއެކު ހެމިލްޓަންއަށް ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަންޝިޕްގެ އެއްވަނައިގައި ލިބިފައި އޮތް ލީޑު އޭނާ ވަނީ 66 ޕޮއިންޓަށް ފުޅާކޮށްފައެވެ. ހެމިލްޓަންއަށް 331 ޕޮއިންޓާއެކު އެއްވަނަ ލިބޭއިރު ފެރާރީގެ ޑްރައިވަރު ވެޓެލް އޮތީ 265 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި 244 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މާސިޑީސްގެ ވަލްޓޭރީ ބޯޓާސްއެވެ.

ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 575 ޕޮއިންޓާއެކު މާސިޑީސް އޮތްއިރު 428 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ފެރާރީއެވެ. އަދި ފެރާރީގެ ފަހަތުން 315 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ރެޑްބުލް ރޭސިންއެވެ. މާސިޑީސް އިން ވަނީ މިއަހަރުގެ ކޮންސްޓްރަކްޓާސް ޗެމްޕިއަންޝިޕް ކަށަވަރު ކޮށްފައެވެ.

ފޯމިއުލާ ވަންގެ ސީޒަނުގައި ބާކީ ތިން ރޭސް އޮތްއިރު ދެން ރޭހެއް އޮންނާނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު މެކްސިކޯގެ "އޮޓޯޑްރޯމް ހަރްމާނޯ ރޮޑްރިގޭސް" ސާކިޓްގައެވެ. މި ރޭހުގައި ފަސްވަނައަށް ވުރެ މަތިން ރޭސް ނިންމައިފި ނަމަ ހެމިލްޓަންއަށް ޗެމްޕިއަންކަން ލިބޭނެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު