Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޯލްޑެން ބޯއި އެވޯޑް

ގޯލްޑެން ބޯއިގެ އެވޯޑް ކީލިއަން އެމްބަޕޭއަށް ލިބިއްޖެ

އެމްބަޕޭ އަށް އެވޯޑް ލިބުނީ ގެބްރިއަލް ޖީސަސް އަދި އުސްމާން ޑެމްބެލޭއާ ވާދަކޮށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2017 | ހޯމަ 08:41
ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބަޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބަޕޭ

އިޓަލީގެ "ޓުޓޯ ސްޕޯޓް" އިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނުވަތަ "ގޯލްޑެން ބޯއި" ގެ އެވޯޑް މި އަހަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބަޕޭ އަށް ލިބިއްޖެއެވެ.

ޔޫރަޕްގައި ފުޓުބޯޅަ ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ މި އެވޯޑް އެމްބަޕޭ އަށް ލިބުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އުސްމާން ޑެމްބެލޭ އަދި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ގެބްރިއަލް ޖީސަސްއާ ވާދަކޮށްގެންނެވެ.

މި ސީޒަނުގައި މޮނާކޯ އިން 180 މިލިއަން ޕައުންޑުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވެ، އެމްބަޕޭ ވަނީ އޭނާ ކުޅުނު 11 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށް، ހަތަރު ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

އެމްބަޕޭ ވަނީ މޮނާކޯ އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 41 މެޗުގައި 16 ލަނޑު ޖަހައިދީފައެވެ. މީގެއިތުރުން އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނިކައުޓް ސްޓޭޖްގައި މޮނާކޯއަށް މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އެޓީމާއެކު ފްރެންޗް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ފްރާންސްގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅެފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު، މިދިޔަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ގޯލްޑެން ބޯއި އެވޯޑަށް 24 ކުޅުންތެރިޔަކު ޝޯޓްލިސްޓްކުރިއިރު، އޭގެ ތެރޭގައި ނުހިމެނުނީ މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް، ބްރޯޝިއާ ޑޯޓްމަންޑްގެ ކްރިސްޓިއަން ޕުލިސިޗްގެ އިތުރުން އޭސީ މިލާންގެ ގޯލްކީޕަރު ގިއަންލުއިޖީ ޑޮނަރޫމާއެވެ.

މިދިޔަ އަހަރު މި އެވޯޑް ލިބުނީ ޕޯޗުގަލްގެ މިޑްފިލްޑަރު ރެނާޓޯ ސަންޗޭޒްއެވެ. އޭނާ އަށް މި އެވޯޑް ލިބުނީ މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ

މިއަހަރުގެ "ފީފާ އެވޯޑް" ހައްޤީ ރޮނާލްޑޯ އަށް: އެރިކް ކެންޓޯނާ

18 އޯގަސްޓު 2017
"މޯލްޑިވްސް ފޫޓްބޯލް އެވޯޑްސް" ޑިސެމްބަރުމަހު

"މޯލްޑިވްސް ފޫޓްބޯލް އެވޯޑްސް" ޑިސެމްބަރުމަހު

11 ޖުލައި 2017
"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

04 މެއި 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު