Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންޔާ މައުމޫނު

ފާރިސްއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުންޔާ ދުއާ ކުރައްވައިފި

ފާރިސް ޖަލަށް އަނބުރާ ގެންގޮސްފައިވަނީ އިއްޔެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2017 | އާދީއްތަ 10:24
ދުންޔާ މައުމޫން

ދުންޔާ މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި އޭނާގެ ދައްތަ ދުންޔާ މައުމޫން ދުއާ ކުރައްވައިފިއެވެ.

ފާރިސް މައުމޫން ގެއަށް ބަދަލުކުރެއްވުމަށް ފަހު އަނބުރާ ޖަލަށް ގެންދެވީ ހޮނިހިރު ދުވަހުގައެވެ. ފާރިސް ޖަލަށް ބަދަލުކުރެއްވުމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުންޔާ އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އޭނާގެ ކޮއްކޮ ޖަލަށް ބަދަލު ކުރުން އެއީ ފުން ހިތާމައެއް ގެނުވި ކަމެއް ކަމަށެވެ. ފާރިސްއާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ވަނީ އެކަމަނާ ދުއާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ފާރިސް ޖަލަށް ލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެވެ.

ދުންޔާ ވަނީ ވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.

ޕީޕީއެމް ދެ ފަޅިވެ ރައސް ޔާމީނަށް ކުރެއްވި ތާއީދުރައީސް މައުމޫނު އަނބުރާ ގެއްދެވުމަށް ފަހު ވެސް، ދުންޏާ އާއި ކޮއްކޮ ގައްސާން މައުމޫން ވެސް ސަރުކާރާއި އެކު މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ދެބޭފުޅުން ސަރުކާރުގެ ތެރޭގައި ތިއްބަވާތީ އެތައް ފާޑު ކިއުންތަކެއް ރައީސް މައުމޫނަށް ވެސް އަމާޒުވެއެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ދުންޔާ އަދާކުރައްވަމުންދާ އިރު މި ސަރުކާރަށް ތާއީދުކުރާ ސިޔާސީ ލީޑަރުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ފާޅުގައި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު