Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޓީޕީ ވޯލްޑް ޓުއާ

ކިރްގިއޯސް އާއި ބާޑިޗްއަށް ސީޒަން ނިމިއްޖެ

21 އޮކްޓޯބަރު 2017 | ހޮނިހިރު 13:53

ކިރްގިއޯސްއަށް ސީޒަން ނިމުނީ އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 އޮކްޓޯބަރު 2017 | ހޮނިހިރު 13:53
ނިކް ކިރްގިއޯސް (ކ) އަދި ތޯމަސް ބާޑިޗް (ވ): އަނިޔާގެ ސަބަބުން މި ދެ ކުޅުންތެރިންނަށް ވެސް ވަނީ ސީޒަން ނިމިފައި

ނިކް ކިރްގިއޯސް (ކ) އަދި ތޯމަސް ބާޑިޗް (ވ): އަނިޔާގެ ސަބަބުން މި ދެ ކުޅުންތެރިންނަށް ވެސް ވަނީ ސީޒަން ނިމިފައި

ދުނިޔޭގެ ޓެނިސް ރޭންކިންގެ ގަދަ 20 ގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ނިކް ކިރްގިއޯސް އާއި ތޯމަސް ބާޑިޗްއަށް އަނިޔާގެ ސަބަބުން ސީޒަން ނިމިއްޖެއެވެ.

ދުނިޔޭގެ 20 ވަނާގައި ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ވަނީ އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގައި ދެން އިތުރު މުބާރާތެއްގައި ވާދަނުކުރާނެ ކަން ކަށަވަރު ކޮށްދީފައެވެ. ޖޫން މަހު އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކިރްގިއޯސްއަށް މި ސީޒަނުގައި ތަފާތު އެކި ހުރަސްތަކަކާއި ވަނީ ދިމާވެފައެވެ.

އެގޮތުން ކިރްގިއޯސް ބުނެފައިވަނީ މި އަހަރަކީ އޭނާއަށް ވަރަށް ދަށް ކުޅުމެއް ދެއްކުނު އަހަރެއް ކަމަށާއި ކޯޓުން ބޭރުގައި ދިމާވި ތަފާތު އެކިއެކި ކަންކަމުގެ ސަބަބުން މުބާރާތްތަކުގައި ކުރިޔަށް ދިއުމަށް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން ޗައިނާ އޯޕަންގެ ފައިނަލްގައި ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަޑާލްގެ އަތުން ބަލިވިތާ ދެ ދުވަސް ފަހުން ޝަންގްހާއި މާސްޓާސްގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ދޫ ކޮށްލުމާއި ވިދިގެން އޭޓީޕީއިން ކިރްގިއޯސް 10،000 ޑޮލަރުން ޖޫރިމަނާ ކުރިއެވެ.

ދުނިޔޭގެ 18 ވަނައިގައި ރޭންކު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ތޯމަސް ބާޑިޗް ބުނެފައިވަނީ، މި ސީޒަނުގައި އިތުރު މުބާރާތްތަކުގައި ވާދަނުކުރުމަށް އޭނާގެ މެޑިކަލް ޓީމުން އިރުޝާދު ދީފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ވިމްބެލްޑަން މުބާރާތުގައި ބުރަކަށްޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ގިނަ މުބާރާތްތަކުގައި ކުޅެމުން ދިޔައީ ވަރަށް ބޮޑު ރިސްކަކާއިއެކު ކަމަށެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން އަށް މުޅިން ފިޓުކޮށް ހުންނަން ބޭނުންވުމަކީވެސް، މި އަހަރު އިތުރު މުބާރާތެއްގައި ވާދަ ނުކުރަން ނިންމި ސަބަބެއް ކަމަށް ބާޑިޗް ބުނެފައިވެއެވެ. މި ނިންމުމުގެ ސަބަބުން އޭނާއަށް އަންނަ ހަފްތާގައި ފަށާ އާސްޓޭ ބޭންކް އޯޕަން 500 އަދި ވިއެނާ މާސްޓާސްގެ އިތުރުން ޕެރިސް މާސްޓާސް ގެއްލޭނެއެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ އެއް ނަމްބަރު ކުޅުންތެރިޔާ ރަފައޭލް ނަޑާލް ވެސް ވަނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސްވިސް އިންޑޯ ބަސެލް މުބާރާތުން ވަކިވެފައެވެ.

ބާޑިޗް އާއި ކިރްގިއޯސްގެ އިތުރުން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި އިތުރު މުބާރާތްތަކުގައި ވާދަނުކުރެވޭނެކަން ވަނީ ކަށަވަރު ވެފައެވެ. އޭގެތެރޭގައި އެންޑީ މުރޭ އާއި ނޮވަކް ޖޮކޮވިޗްގެ އިތުރުން ސްޓަން ވަވަރިންކާ ހިމެނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް