Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވާޒް ޝަރީފްގެ ކޮރަޕްޝަން

ނަވާޒް ޝަރީފާއި ދަރިކަނބަލުންގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލައިފި

20 އޮކްޓޯބަރު 2017 | ހުކުރު 01:41

ޚިޔާނާތުގެ ދަޢުވާ އުފުލާފައިވަނީ ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް އަދި އެކަމަނާގެ ފިރިކަލުންގެ މައްޗަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 20 އޮކްޓޯބަރު 2017 | ހުކުރު 01:41
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް: އޭނާގެ މައްޗަށް ވަނީ ޚިޔާނާތުގެ ދައުވާ އުފުލާފައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް: އޭނާގެ މައްޗަށް ވަނީ ޚިޔާނާތުގެ ދައުވާ އުފުލާފައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަދި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފާއި ދެކޮޅަށް ޚިޔާނާތުގެ ދައުވާ އުފުލައިފި އެވެ.

ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމްގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައިވަނީ، އިނގިރޭސިވިލާތުން ގެތަކެއް ބައްލަވައިގަންނަވާފައިވާކަން، ލީކުވެފައިވާ ޕެނަމާ ޕޭޕަރސްގެ ލިޔެކިޔުންތަކުން ފަޅާ އެރުމާއި ގުޅިގެންނެވެ. އެމައްސަލާގައި އޭނާގެ މައްޗަށް ވަނީ އާމްދަނީ އާއި މިލްކިއްޔާތު ހާމަކުރުމުގައި ޤާނޫނާއި ޚިލާފަށް އޮޅުވާލުމާއި ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައެވެ. މިމައްސަލަ ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ޖަލު ހުކުމެއް އަންނާނެ އެވެ.

ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުތަކާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމާއި ގުޅިގެން އޭނާ ވަނީ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިމައްސަލާގައި ނަވާޒް ޝަރީފަށް ބޮޑުވަޒީރުގެ މަގާމް ގެއްލުނު ނަމަވެސް، ޕާކިސްތާނުގައި ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް ޕާޓީގައި އަދިވެސް އޭނާގެ ނުފޫޒު އެބައޮތެވެ.

ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފްގެ އިތުރު މަރިޔަމްގެ ފިރިކަލުން މުޙައްމަދު ސަފްދަރުގެ މައްޗަށްވެސް މިމައްސަލާގައި ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) އިން ދައުވާ އުފުލާފައިވެއެވެ.

މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމަށް މަރިޔަމް އަދި ސަފްދަރު ހާޒިރުވި ނަމަވެސް، ނަވާޒް ޝަރީފް ކޯޓަށް ހާޒިރުވެވަޑައިގެންފައެއްނުވެއެވެ. ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އެނބިކަނބަލުންނާއެކު އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނެވި ނަވާޒް ޝަރީފްގެ ބަދަލުގައި ކޯޓަށް ވަޑައިގެންފައިވަނީ ނަވާޒްގެ މަންދޫބެކެވެ.

ޝަރީޢަތުގެ އަޑުއެހުމުގައި މަރިޔަމް އާއި ސަފްދަރު އަދި ނަވާޒް ޝަރީފްގެ މަންދޫބުވެސް ވަނީ އެމީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ކޯޓު ރޫމުން ނިކުމެވަޑައިގެންނެވުމަށްފަހު މަރިޔަމް ވަނީ އެކަމަނާ އާއި ފިރިކަލުން އަދި ބައްޕާފުޅުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ބައްޕާފުޅު އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށާއި، ކޯޓުގައި އޮތް މައްސަލަ އާއި ކުރިމަތިލާނީ ސާބިތުކަމާއިއެކުގައި ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޕެނަމާ ޕޭޕާރސް އިން 2016 ވަނަ އަހަރު އާއްމުވި ލިޔެކިޔުންތަކުން ވަނީ ޝަރީފްގެ ދަރިކަނބަލުންނާއި ދެ ދަރިކަލުންގެ ނަންފުޅުގައި އިނގިރޭސިވިލާތުގެ ބްރިޓިޝް ވާރޖިން އައިލެންޑްގައި އޮފްޝޯ ކުންފުނިތަކެއް ރެޖިސްޓަރ ކޮށްފައިވާ ކަމަށާއި، އެކުންފުނިތައް ބޭނުން ކޮށްގެން ލަންޑަނުން މަތީ ފަންތީގެ ފްލެޓްތަކެއް ބައްލަވައިގަންނަވާފައިވާކަން ހާމަވެފައެވެ.

މިމައްސަލަ ފަޅާއެރުމާއި ގުޅިގެން އޭރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ނަވާޒް ޝަރީފް، މަގާމުން ދުރު ކުރުމަށް ސުޕްރީމް ކޯޓުން ފުރަތަމަ ނިންމާފައެއްނުވެއެވެ. އޭގެ ބަދަލުގައި ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފްގެ އާއިލާގެ މުއްސަނދިކަން ދެނެގަތުމުގެ ތަހުގީގެއް ހިންގުމަށް އަމުރުކޮށްފައެވެ. ބޮޑުވަޒީރުގެ މަގާމަށް ނަވާޒް ޝަރުތުހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ނަވާޒް ޝަރީފްގެ ޚިޔާނާތުގެ މައްސަލަ އެތަހުގީގަށް ސާބިތުވުމާއި ގުޅިގެންނެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ ތަހުގީގުކޮށް ޝަރީޢަތް ހިންގުމަށް އެންއެބީގެ މައްޗަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން އެކުލަވާލި ވަކި ޕެނަލަކުން ވަނީ، ނަވާޒް ޝަރީފް ހާމަކުރައްވާފައިވާ މިލްކިއްޔާތައި މުއްސަނދިކަން، އޭނާގެ ހަގީގީ މުއްސަނދިކަމާއި ދިމާނުވާ ކަމަށާއި، މަރިޔަމް އަދި ނަވާޒްގެ ދެ ދަރިކަލުން ލަންޑަނުން ފްލެޓް ބައްލަވައިގަތުމަށް ބޭނުން ކުރެއްވި އޯފްޝޯ ކުންފުނިތަކުގެ ހިއްސާދާރުން އޮޅުވާލުމަށް ލިޔެކިޔުންތައް ފޯޖް ކޮށްފައިވާކަމުގެ ތުހުމަތު ކޮށްފައެވެ.

ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) އިން ބަލާ ނުފޫޒުގަދަ ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތައް ސާބިތުވާ ނިސްބަތް ކުޑަވުމާއި، އެފަދަ މައްސަލަތަކުގެ ތަހުގީގަށް ގިނަ އަހަރުތަކެއް ނަގައި މައްސަލަ ދިގުދެންމުން ފަދަ ކަންކަމާއި ގުޅިގެން އެންއޭބީ އަކީ "ދަތްނެތް" އިދާރާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އެހެންނަމަވެސް މިމައްސަލާގައި ސުޕްރީމް ކޯޓުން ވަނީ އެންއޭބީގެ މައްޗަށް، މައްސަލަ ހަމަސް ދުވަހުގެ ތެރޭގައި ނިންމުމަށާއި، މައްސަލައިގެ ޝަރީއަތްތައް އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ކުރިން ފެށުމަށް އަމުރުކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް