Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްމޯގެ ޚިޔާނާތް

ވެމްކޯއަށް ކޮޅުވެއްޓިއެއް ގެންނަން މެންބަރުންތަކެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދިން މައްސަލަ އޭސީސީން ބަލަނީ

19 އޮކްޓޯބަރު 2017 | ބުރާސްފަތި 08:33

ކޮމިޝަނުން ބުނީ އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލައެއް ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 08:33
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯޯ)އަށް ގެންނަން ހަވާލުކުރި ކޮޅުވެއްޓި އަދިވެސް ނުގެނޭ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯޯ)އަށް ގެންނަން ހަވާލުކުރި ކޮޅުވެއްޓި އަދިވެސް ނުގެނޭ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) އަށް ކޮޅުވެއްޓިއެއް ގެންނަން ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދައްވައި، އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، އެފަދަ މައްސަލައެއް ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓި ގެންނަން މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުންޏާ ހަވާލުކުރީ 13 މިލިއަން ރުފިޔާ (އަށް ލައްކަ ފަންސާސް ޑޮލަރު) އަށެވެ. ވެމްކޯ އިން އެކުންފުންޏަށް އަޕްފްރަންޓްކޮށް 13 މިލިއަން ރުފިޔާގެ 30 އިންސައްތަ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 30 އިންސައްތަ ފައިސާ އެކުންފުންޏަށް ދީފައިވާއިރު، ކޮޅުވެއްޓި ރާއްޖެ ގެނެސް އަދިވެސް ވެމްކޯއާ ހަވާލުކޮށްފައެއްނުވެއެވެ.

ވެމްކޯއާ ގުޅޭ އެހެން މައްސަލަތަކެއް މިދިޔަ އަހަރުވެސް ކޮމިޝަނުން ބަލަން ފެށިއެވެ. އެގޮތުން ކުނި އުފުލަން ކުއްޔަށް ހިފާފައިވާ ތިން ކޮޅުވެއްޓި އާއި ކުނި އަރުވަން ކުއްޔަށް ހިފާފައިވާ ދޯނިތަކުގެ ކުލީގެ ގޮތުގައި ދައްކާ ފައިސާގެ ބޮޑު ބައެއް ނަގަނީ ވެމްކޯގެ އިސް ފަރާތްތަކަށާއި އެ ކުންފުންޏާ ގުޅިފައިވާ ސިޔާސީ އިސް ފަރާތްތަކުން ކަމަށް ބުނާ މައްސަލަ އަދިވެސް ދަނީ ބަލަމުންނެވެ.

އަމިއްލަ މީހަކު އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނީ މާލެ އިން ތިލަފުއްޓަށް ކުނި އުކަން ކޮޅުވެއްޓި ކުއްޔަށް ހިފާފައި ވަނީ ދުވާލަކު 45،000-50،000ރ. ގެ ރޭޓުން ކަމަށެވެ. އެހެންކަމުން ކޮޅުވެއްޓީގެ ކުލީގެ ގޮތުގައި އެވްރެޖްކޮށް މަހަކު ހަތަރު މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވެމްކޯ އިން ދައްކަން ޖެހޭ ކަމަށް ސިޓީގައިވެއެވެ.

މުޅިން އާ ކޮޅުވެއްޓިއެއްގެ އަގު އުޅެނީ 10 މިލިއަން ރުފިޔާ އަށް ވުރެ ކުޑަކޮށް ކަމަށާއި އަހަރު ދުވަސް ތެރޭގައި ކޮޅުވެއްޓީގެ ކުލީގެ ގޮތުގައި 48 މިލިއަން ރުފިޔާ ހަރަދުކުރަމުންދާއިރު 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިން ކޮޅުވެއްޓި ނުގެނެވޭންވީ ނުވަތަ ނުގަންނަންވީ ސަބަބަކީ ކޮބައިތޯ އެ މައްސަލައިގައި ސުވާލު އުފައްދާފައިވެއެވެ.

ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ކޮޅުވެއްޓިތައް އަގު ބޮޑުކޮށް ކުއްޔަށް ހިފައިގެން އުޅެނީ، ކޮޅުވެއްޓީގެ ކުލީގެ ގޮތުގައި ދައްކާ ފައިސާގެ ބޮޑު ބައެއް ރިޝްވަތުގެ ގޮތުގައި ވެމްކޯ އާއި އެތަނުގެ ވެރިންނާއި ގުޅުން ހުރި ސިޔާސީ ފަރާތްތަކަށް ލިބެމުންދާތީއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖުލައި 2017

މި ޤައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ރައީސް ޔާމީނާއެކު ކުރިއަށް ދިއުން: އަބްދުއްރަހީމް

16 ޖުލައި 2017
މި ޤައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ރައީސް ޔާމީނާއެކު ކުރިއަށް ދިއުން: އަބްދުއްރަހީމް
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
18 މެއި 2017

ތުލުސްދޫން 6 މީހުންނާއެކު ފުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި

18 މެއި 2017
ތުލުސްދޫން 6 މީހުންނާއެކު ފުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި
18 މެއި 2017

ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި

18 މެއި 2017
ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި
23 އެޕްރީލު 2017

ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު

23 އެޕްރީލު 2017
ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް