Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ ޝަރީއަތް

ޝަރީއަތް މެދުކަނޑާލުން ހިމެނޭ ގޮތަށް ފާރިސްގެ ފަރާތުން 23 ކަމެއް ހުށަހަޅައިފި

ޝަރީއަތުގެ ކުރިން ހުށަހެޅި ކަންތައްތަކަށް ގޮތެއް ކަނޑައެޅުން މިމަހުގެ 24 ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2017 | ބުދަ 05:40
ފާރިސް މައުމޫން، މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

ފާރިސް މައުމޫން، މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ކޮށްފައިވާގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި 23 ކަމެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކޮށްފައިވާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ސެޕްޓެމްބަރު 25 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަނީ ކަނޑައަޅާފަ އެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް، އެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ޝަރީއަތުން ކަނޑައަޅައިފި ނަމަ، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހެޅޭނެ އެވެ.

އެގޮތުން ފާރިސްގެ ފަރާތުން އަންގާރަ ދުވަހު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި 23 ކަމެއް ހުށަހަޅާފަ އެވެ.

ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ކަމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުރުން ލާޒިމްކުރާ ގާނޫނުތައް ނެތުމުގެ ސަބަބުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާނޫނީ ހުރަސްތަކެއް ހުރުމުން ޝަރީއަތް ވަގުތީ ގޮތުން މެދުކަނޑާލުމަށެވެ. ގާނޫނުން ކަނޑައަޅާ އިޖުރާއަތަކަށް ތަބާނުވުމަށް ކްރިމިނަލް ކޯޓުން އެ ކޯޓަށް ބާރާއި އިޚްތިޔާރު ލިބިގެންވާ ދާއިރާއިން ބޭރުން ހުއްދ ދީފައިވާ ކަމަށާއި، ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަސްލީ އިހްތިސާސް އަށް ކްރިމިނަލް ކޯޓުން އަރައިގަނެފައިވާ ކަމަށް ބުނެ ވެސް ޝަރީއަތް މެދުކަނޑާލުމަށް ހުށަހަޅާފައިވެއެވެ.

ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު ދައުލަތުގެ މުއައްސަސާތަކުން ނިގުޅައިގަނެފައިވާ ކަމަށް ބުނެ ޝަރީއަތް ކުރުމެއް ނެތި ދައުވާ ބާތިލްކުރުމަށް ހުށަހަޅާފައިވެއެވެ. ތަހުގީގު ހިންގާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ދައުވާ ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް ހުށަހަޅާފައިވެއެވެ.

ފާރިސްއަށް ދައުވާ ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ތަފާތުކޮށްގެން، ހަމަހަމަކަން ގެއްލިގެންދާ ގޮތަށް ކަމަށް ބުނެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވެއެވެ. އަދި ދައުވާކޮށްފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެގެން ދިޔަ ފަހުން ކަމަށް ބުނެ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވެއެެވެ.

ހެކި ހާމަކުރުމުގެ އަމުރަކާއި، މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަތައް ނިމެންދެން ޝަރީއަތް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ސިއްރު ހެއްކާއި، ތިން ފުލުހުންނާއި، މޮބައިލް ފޮރެންސިކް ރިޕޯޓް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ. އަދި މިނިވަން މުސްތަގިއްލު ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް އެނަލިސިސް ހެދުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވެއެެވ.

ހަމަ މިއާއެކު ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައި ވެއެވެ.

ޝަރީއަތުގެ ކުރިން ހުށަހެޅި މި ކަންތައްތަކާ މެދު ގޮތެއް ކަނޑައެޅުމަށް މިމަހުގެ 24 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.

މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ސިއްރު ހެކިވެރިއެއް ވެސް ހިމެނެ އެވެ. ދައުލަތުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެއީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މަޖިލިސް މެންބަރެވެ. އެގޮތުން އެ މެމްބަރު ދެއްވާފައިވާ ބަޔާން ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެ އިތުރުން ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރުމަށް ދިޔަ ތިން ފުލުހެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއިކުރި މެންބަރުންގެ ލިސްޓް ހިމެނޭ އޭފޯ ސައިޒްގެ ކަރުދާހެއް އެ އެޕާޓްމެންޓްގެ ތެރެއިން ފެނިފައިވާކަން ސާބިތުކޮށްދިނުމަށެވެ.

ހަމައެހެންމެ އެ މައްސަލާގައި ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ އަހުމަދު ޝާފިއުގެ ފޯނުގެ ފޮރިންސިކް ރިޕޯޓާއި އެ ފޯނުން ފެނުނު ބައެއް މަސެޖްތަކާއި އަދި ޝާފިއު އެހެން މީހަކާ އެކު ވާހަކަ ދައްކާފައިވާ އޯޑިއޯގެ އިތުރުން އެ އޯޑިއޯގެ އެނަލެސިސް ރިޕޯޓް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު