Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިއުމަން ރައިޓްސް ކައުންސިލް

އަންނަ އަހަރު ރާއްޖެއަށް އެތެރެކުރެވޭނީ 22 މެޓްރިކް ޓަނު އެޗްސީއެފްސީ ގޭސް!

17 އޮކްޓޯބަރު 2017 | އަންގާރަ 04:57

މިއަހަރު އެޗްސީއެފްސީގެ ކޯޓާއަކަށް ކަނޑައަޅާފައި އޮތީ 43.6 މެޓްރިކް ޓަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 އޮކްޓޯބަރު 2017 | އަންގާރަ 04:57
އެޗްސީއެފްސީ ރެފްރިޖިރެންޓް، 2020 ގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން

އެޗްސީއެފްސީ ރެފްރިޖިރެންޓް، 2020 ގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަން

އަންނަ އަހަރު ރާއްޖެއަށް އެތެރެކުރެވޭނެ އެޗްސީއެފްސީ ގޭހުގެ ކޯޓައަކީ 22 މެޓްރިކް ޓަނު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ކަނޑައަޅައިފި އެވެ.

އަންނަ އަހަރު ރާއްޖެއަށް އެތެރެކުރެވޭނެ އެޗްސީއެފްސީ ގޭހުގެ ކޯޓާއަކީ 22 މެޓްރިކް ޓަނު ކަމަށް ކަނޑައަޅާފައިވާއިރު، މިއަހަރަށް ކަނޑައަޅާފައި އޮތީ 43.6 މެޓްރިކް ޓަނެވެ. އެ އަދަދަކީ 2016 ވަނަ އަހަރަށް ވެސް ކަނޑައަޅާފައި އޮތް އަދަދެވެ.

Advertisement - newsAdvertisement

އެހެންކަމުން، 2018 ވަނަ އަހަރު ވެގެންދާނީ ރާއްޖެއަށް ކުރިން އެތެރެކުރަމުން އައި އެޗްސީއެފްސީގެ ގޭހުގެ އަދަދާ ބަލާއިރު، ދެބައިކުޅައެއްބައި އަދަދެއް މަދުން އެތެރެކުރެވޭނެ އަހަރަކަށެވެ.

ރާއްޖެއިން ބައިވެރިވެރިފައިވާ މުޢާޙަދާއެއް ކަމަށްވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަ"ގެ ދަށުން 2020ގެ ނިޔަލަށް ރާއްޖޭގައި އެޗްސީއެފްސީ ގޭސް ބޭނުން ކުރުން ހުއްޓާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ އަންނަ އަހަރު ރާއްޖެއަށް މިގޭސް އެތެރެކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެ އެވެ.

ބަންދުކުރެވިފައިވާ ބީލަންތައް ނޮވެމްބަރު 7 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހުށަހަޅަންޖެހެ އެވެ.

އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި ފިޔަވަޅު އެޅުމާބެހޭ ގާނޫނުގެ ދަށުން 31 މެއި 2016 ވަނަ ދުވަހުން ފެށިގެން އެޗްސީއެފްސީ ގޭސް އެކުލެވޭ ނުވަތަ ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމަންޓް ފަދަ ތަކެތި ރާއްޖެއަށް ގެނައުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެފަދަ މުދަލެއް ރާއްޖެ އެތެރެކޮށްފިނަމަ، އެތެރެކުރާ ފަރާތަކާމެދު އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި ފިޔަވަޅު އެޅުމާބެހޭ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ އަދަބު ދެވޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެފަދަ މުދަލެއް އެތެރެކުރާ ފަރާތެއް އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން 10,000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް